
ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ޓިކެޓް އަތްނުފޯރާ ފަށަށް އަރައިފި އެވެ. މި ގޮތުން ޓިކެޓްގެ އަގުތަކާމެދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު މި ކަމާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންދަނީ އެފްރިކާގެ ގައުމުތަކާއި ކުދި ގައުމުތަކަށެވެ. ގާނާ އާއި ސެނެގާލް ފަދަ ގައުމުތަކުގެ އިތުރުން ހައިޓީ އާއި ކުރަކާއޯ ފަދަ ގައުމުތަކުގެ ސަޕޯޓަރުން ބުނަނީ ވޯލްޑް ކަޕް ބަލަން އެމެރިކާ އަށް ދިއުމަށް ރާވާފައިވާ ޕްލޭން ބަދަލު ކުރަން މަޖުބޫރުވެއްޖެ ކަމަށެވެ. ފުޓުބޯޅަ ސަޕޯޓާސް އެސޯސިއޭޝަނުން ވެސް ވަނީ ޓިކެޓްގެ އަގު ބިޑް ޑޮކިއުމަންޓާ ހިލާފަށް އަރައިގެން ދިއުމަކީ ވަރަށް ބޮޑު ޖޯކެއް ކަމަށެވެ.
ފީފާގެ ޓިކެޓް ޕޮލިސީން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ އެންމެ ފަހުން ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްދް ކަޕާ ހިލާފަށް އަންނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޓިކެޓްގެ އަގުތައް ތިން ގުނަ ބޮޑުވެފައިވާ ކަމަށެވެ. އަދި ފީފާ އަށް މިހާތަނށް 200 ގައުމަކުން ފަސް މިލިއަނަށްވުރެ ގިނަ ޓިކެޓް ރިކުއެސްޓް ލިބިފައިވާ ކަމަށެވެ. “އަހަރެން ރާވަމުން މިދިޔައީ މުބާރާތް ބަލަން އެމެރިކާ އަށް ދާން. އެކަމަކު އަހަރެން އެއްކުރި ފައިސާއިން ނުވާ ހިސާބަށް ހިނގައްޖެ ޓިކެޓްގެ އަގު. މިއީ އަދި ހޮޓަލުގެ އަގާއި ދަތުރު ޓިކެޓް ނުލައި. ކިހިނެތް މި ވަރުން ދާނީ. މިހާރު ޕްލޭން ބަދަލު ކުރަން ޖެހިފައި މިވަނީ،” ސެނެގާލްގެ ސަޕޯޓަރަކު ބުންޏެވެ.
އިނގިރޭސި ސަޕޯޓަރަކު ބުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން އޭނާ އަކީ އެއްވެސް މެޗެއް ވައްޓާނުލައި ދަނޑަށް ގޮސްގެން ބެލި މީހެއް ކަމަށެވެ. “އެކަމަކު މިފަހަރު އެކަން ނުވެދާނެ ކަމުގެ ބިރު ހީވާން ފަށައިފި. ބިޑް ޑޮކިއުމަންޓގައި 174 ޑޮލަރަށް ހުރި ޓިކެޓް އެ ވަނީ 180 އަށް ބަދަލުވެފައި. ފުޓްބޯޅަ މުޅިން މަރުވެއްޖެ،” އިނގިރޭސި ސަޕޯޓަރު ޖެކް ސްމިތް ބުންޏެވެ. މުބާރާތުގެ ބިޑް ޑޮކިއުމަންޓްގައިވާ ގޮތުން ގްރޫޕް ސްޓޭޖުގެ ޓިކެޓެއް އަގަކީ 174 ޑޮލަރެވެ. މިހާރު ގަންނަން ގިނަ ގައުމުތަކުގައި ލިބެންހުރި އެންމެ ދަށް އަގަކީ 140 ޑޮލަރަށެވެ. އެންމެ އަގުބޮޑުކޮށް ލިބެން ހުރި ޓިކެޓްތަކުގެ އަގަކީ 265 ޑޮލަރެވެ.
މުބާރާތުގެ ގަދަ 32 އާއި ގަދަ 16ގެ މެޗުތަކުގެ ޓިކެޓެއްގެ އަގު ބިޑް ޑޮކިއުމަންޓްގައިވަނީ 174 ޑޮލަރަށެވެ. އެކަމަކު ގަދަ 32ގެ މެޗުތަކުގެ ޓިކެޓް މިހާރު ގަންނަން ލިބެނީ 235 ޑޮލަރަށެވެ. ގަދަ 16ގެ ޓިކެޓެއް ލިބެނީ 295 ޑޮލަރަށެވެ. ކުއާޓާ ފައިނަލްގެ ޓިކެޓް 266 ޑޮލަރުން ވަނީ 680 ޑޮލަރަށް އަރައިފަ އެވެ. ސެމީ ފައިނަލުގެ ޓިކެޓް 411 އިން 920 އަށް އަރާފައިވާއިރު ފައިނަލް މެޗުގެ ޓިކެޓްގެ އަގު ވަނީ 695 ޑޮލަރުން 4185 ޑޮލަރަށް އަރައިފައެވެ. ވޯލްޑް ކަޕުގެ ޓިކެޓްގެ އަގުތައް މަތިވެފައިވާއިރު ފީފާއިން މިކަމާމެދު ސީދާ ވަކި އެއްޗެއް ނުބުނެއެވެ.
About Post Author
މާދަމާ ނިއުސް
“އަންނަމަހު އެލް ނީނޯ ފެށޭނެކަަމަށް ބެލެވޭ”
މިއަހަރުގެ މެއި މަހުގެ ތެރޭގައި އެލް ނީނޯގެ ހާލަތު ކުރިމަތިވާނެ ކަމަށް ދުނިޔޭގެ މޫސުމީ އިދާރާ (ޑަބްލިޔުއެމްއޯ) އިން ވަނީ ލަފާކޮށްފައެވެ. ނުވަ...
ބީޗް ގޭމްސްގައި ނެރެމުންދާ ނަތީޖާތަކާމެދު ހިތްހަމަޖެހޭ: ވަޒީރު ރާފިއު
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުން ނެރެމުންދާ ނަތީޖާތަކާ މެދު ކުޅިވަރާ ބެހޭ...
ދުރުރާސްތާ ޕްލޭނުގައި ބީޗް ގޭމްސަށް ބޮޑު އަހައްމިއްޔަތުކަމެއް
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ) ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ބީޗް ގޭމްސް އާއި މޫދު ކުޅިވަރުތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ކުޅިވަރާ...
އޭދަފުށި ބަލިކޮށް، ޗެމްޕިއަންކަން މަނަދޫއަށް
(ފޮޓޯ ކްރެޑިޓްސް: އޭދަފުށި ކައުންސިލް) އަންނަ ސީޒަނުގެ ދިވެހި ޕްރެމިއަރ ލީގަށް ކޮލިފައިވުމަށް ބާއްވާ ރީޖަނަލް ލީގުގެ ނޯތު ރީޖަން ޒޯން 2 ގެ...
ރޮނާލްޑޯ އަށްޓަކައި ވޯލްޑް ކަޕް ތަށި ހޯދަން ތައްޔާރު: ބުރޫނޯ
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރު ފުރިހަމަކުރުމަށްޓަކައި މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދޭން ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބުރޫނޯ ފެނާންޑޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި...
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
