
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެ އެވެ. ލަންޑަނުގެ ސްޓެމްފަޑް ބްރިޖުގައި ތިރީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ޗެލްސީ ނިކުތްއިރު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއްވަންދެން ހުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައި ކޯލް ޕާމާ އަށް ކޯޗު އެންޒޯ މަރެސްކާ ވަނީ ފުރަތަމަ ޓީމުން ފުރުސަތު ދީފަ އެވެ. އެވަޓަންގެ ކޯޗު ޑޭވިޑް މޯޔެސް އަށް ވަނީ މެޗުގެ 16 ވަނަ މިނިޓުގައި ޑިއުސްބަރީ ހޯލް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ބަދަލުކުރަން ޖެހިފަ އެވެ.
ޗެލްސީ އިން މި މެޗުގައި ކުރި ހޯދާފައިވަނީ މެޗުގެ 21 ވަނަ މިނިޓުގައި މާލޯ ގުސްޓޯ ދިން ޕާހަކުން ކޯލް ޕާމާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މިދިޔަ ސެޕްޓެމްބަރ މަހަށްފަހު ޕާމާ ޗެލްސީ އަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މި ލަނޑަށްފަހުވެސް ޗެލްސީ އަށް ވަނީ ފުރަތަމަ ހާފުގައި އިތުރު ލަނޑުތަކެއް ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އޭގެ ތެރެއިންވެސް އަލެހަންދްރޯ ގަރްނާޗޯ އަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެއެވެ. ޗެލްސީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ޕެޑްރޯ ނެޓޯގެ އެސިސްޓަކުން މާލޯ ގުސްޓޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި ނަތީޖާ އާއިއެކު ޗެލްސީ އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން ލިބިފައިވާ 26 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ވަގުތީ ގޮތުން ނަމަވެސް ލިބިފަ އެވެ. ލީގުގައި މިއަދު ކުޅޭ މެޗުތަކަށްފަހު ތާވަލަށް ބަދަލުތަކެއް އަންނާނެ އެވެ. ޗެލްސީ އިން ދެން އެންމެ އަވަހަށް ކުޅޭނީ އަންނަ އަންގާރަ ދުވަހު ކަރަބާއޯ ކަޕްގައި ކާޑިފް އާއި ދެކޮޅަށް ކުޅޭ މެޗެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
