
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު އީގަލްސް ބަލިކޮށް ވިކްޓްރީ ސްޕޯޓްސް ކުލަބުން މުހިންމު ތިން ޕޮއިންޓް ހޯދައިފިއެވެ. ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗު ވިކްޓަރީ ކާމިޔާބު ކުރީ 2-0 ލަނޑުންނެވެ. މި ނަތީޖާއާއެކު ވިކްޓަރީ ވަނީ ޕޮއިންޓުގެ ގޮތުން އީގްލްސްއާ އަރާ ހަމަކޮއްފައެވެ. ދެޓީމުންވެސް ކުޅުނު 10 މެޗުން 13 ޕޮއިންޓް ހޯދާފައިވާއިރު އީގަލްސްއަށް ފަސްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. ވިކްޓްރީ އޮތީ ތާވަލުގެ ހަވަނައިގައެވެ. މި މެޗާއެކު ލީގުގެ 10 ވަނަ ހަފްތާގެ ކުޅުން ނިމުނުއިރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެއްވަނާއގަ އޮތީ 30 ޕޮއިންޓާއެކުވެ. އޮޑި ސްޕޯޓްސް ކުލަބު ދެވަނައިގަ އޮތީ 25 ޕޮއިންޓާއެކުވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ތިންވަނައިގަ އޮތީ 20 ޕޮއިންޓާއެކުވެ.
މި ހަފްތާގަ ބޮޑު މޮޅެއް ހޯދި ބުރު ސްޕޯޓްސް ކުލަބު ހަތަރުވަނައިގަ ހަމަޖެހިލީ 17 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ 7 ވަނައިގަ ޔުނައިޓެޑް ވިކްޓަރީ އޮތް އިރު ގެއްލުނު ގޯލު ގިނަ ވުމުން މިއަދަދަށް ޕޮއިންޓް ހޯދި ވެލެންސިއާ އޮތީ 8 ވަނައިގައެވެ. ކުލަބު ގްރީން ސްޓްރީޓްސް 5 ޕޮއިންޓާއެކު 9 ވަނައިގަ އޮތްއިރު މިހަފްތާގައި ކުޅުނު މެޗުން ބަލިވުމާއެކު ޓީސީ ވަނީ އަނެއްކާވެސް ފުލައް ވެއްޓިފައެވެ. އެއީ 5 ޕޮއިންޓާއެކުވެ.ފޯރިގަދަ ކުޅުމެއް ފެނިގެން މިއަދުގެ މެޗުގައި ދެޓީމުން ވެސް ވަނީ އެޓޭކްގައި ނުރައްކާ ކޮއްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި ވިކްޓްރީ އަށް ވުރެގިނައިން ފުރުސަތު ތަނަވަސް ކުރީ އީގަލްސް އިންނެވެ. މެޗުގެ 11 ވަނަ މިނިޓުގައި ވިކްޓަރީގެ ޕެނެލްޓީ އޭރިއާ ތެރެއިން އީގަލްސް އިބްރާހިމް މަހުދީ ހުސެއިން ފޮނުވާލި ހަމަލާ ކީޕަރު ވަނީ އަތުލާފައެވެ. އޭގެފަހުން އޭރިއާ ތެރެއިން ވިކްޓްރީގެ އަމްދާން އަލީ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
މެޗުގެ 28 ވަނަ މިނިޓުގައި އީގަލްސްގެ ކެޕްޓަން އަހުމަދު ރިޒްވާން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮއްފައެވެ. މެޗުގައި ވިކްޓްރީން ލީޑު ނެގީ 34 ވަނަ މިނިޓުގައި އަލީ ނަސޫހް ރަޝީދު ދިން ބޯޅައަކުން އެޓީމާ އަލަށް ގުޅުނު ސްލޮވާކިޔާގެ ފޯވާޑް މިލޯސް ލަޗްނީއެވެ. މެޗުގެ ދެވަނަ ހާފުގައި މާގިނަ ފުރުސަތުތަކެއް ދެ ޓީމަށް ނުލިބުނު ނަމަވެސް ދެޓީމުން ވަނީ އެޓޭކްގައި ރަނގަޅު މަސައްކަތްތަކެއް ކޮއްފައެވެ. އެގޮތުން މި ހާފުގެ ކުރީކޮޅު ވިކްޓަރީގެ ހުސެއިން ނިޔާޒް މުހައްމަދާއި ލަޗްނީ އަށް ވަނީ ރަނގަޅު ފުރުސަތު ތަކެއް ލިބިފައެވެ. މެޗުގެ 49 ވަނަ މިނިޓުގައި އޭރިއާ ތެރެއިން ރިޒްވާން ހުސްކޮށް ހުރެ ފޮނުވާލި ބޯޅައެއް ކީޕަރު ވަނީ ދިފާއުކޮއްފައެވެ. ޓްރާންސްފާ މާކެޓްގައި އީގަލްސާ އަލަށް ގުޅުނު ޝަމްވީލް ގާސިމް ވަނީ އޮފްސައިޑް ލަނޑެއް ވެސް ކާމިޔާބުކޮއްފައެވެ. ވިކްޓްރީ ލީޑު ފުޅާކޮއްލީ މެޗުގެ އިތުރު ވަގުތުތެރޭގައި އޭރިއާ ތެރެއިން ޝަފްރާޒް އިބްރާހިމް ކާމިޔާބު ކުރި ލަނޑުންނެވެ. މި ދެޓީމުން ފުރަތަމަ ބުރުގައި ބައްދަލު ކުރި މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެން ނެވެ. މިއީ ވިކްޓްރީން ލީގުގައި ހޯދި 4 ވަނަ މޮޅެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
