
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ފުވައްމުލަކު ރީޖަނަލް ޑިވެލޮޕްމެންޓް މެނޭޖަރ ހަސަން މުތީޢު ވިދާޅުވި ގޮތުގައި، ސްޕޯޓްސް ޓޫރިޒަމްގެ ތެރެއިން ރާއްޖެއަށް ބޮޑު އާމްދަނީއެއް ހޯދައިދެވޭނެ އެއް ކުޅިވަރަކީ ކްރިކެޓެވެ. މިކުޅިވަރު ތަރައްޤީކުރުމަށް ސަރުކާރާއި ކްރިކެޓް ބޯޑު ގުޅިގެން ގިނަ ވިސްނުންތަކެއް ގެންގުޅޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މުތީޢު ވިދާޅުވީ، ރާއްޖޭގައި ހުނަރުވެރި އެތުލީޓުން ތިބި ނަމަވެސް، ކްރިކެޓަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ވަޞީލަތްތައް ނެތުމެވެ. ޚާއްސަކޮށް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރުމަށް ބޭނުންވާ ނެޗުރަލް ޓާރފް ދަނޑުތައް ނެތުމުގެ ސަބަބުން، ދިވެހި ކުޅުންތެރިންނަށް އެހެން ޤައުމުތަކުގައި ކޭމްޕްކޮށް ހޭނެން ޖެހެއެވެ. މިއީ މުބާރާތްތަކުގައި ވާދަކުރާއިރު ދިމާވާ ވަރަށް ބޮޑު ދަތިކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވަނީ ކްރިކެޓް ކުރިއަރުވަން ބޭނުންނަމަ ނެޗުރަލް ޓާރފް ދަނޑެއްގެ މުހިންމުކަން ބޮޑުކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގެ މުސްތަޤުބަލު ކްރިކެޓަށް ވަރަށް އުޖާލާ ކަމަށާއި، ފެސިލިޓީސް ތަރައްޤީކޮށްފިނަމަ ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތްތައްވެސް ރާއްޖޭގައި ބޭއްވޭނެ ކަމަށް މުތީޢު އުންމީދު ކުރައްވައެވެ. ސްޕޯޓްސް ޓޫރިޒަމް ރާއްޖޭގައި މިހާރުވެސް ކުރިއަރަމުންދާއިރު، ކްރިކެޓަކީ މިދާއިރާއިން އިޤްތިޞާދަށް އެންމެ ބޮޑު މަންފާއެއް ކޮށްދެވޭނެ އެއް ކުޅިވަރު ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
