
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރ. ދުވާފަރުފައި “އިރުން ހަކަތަ”ގެ ނަމުގައި އިޔާދަކުރަވި ހަކަތައިގެ މުހިންމު މަޝްރޫޢެއް ފަށައިފިއެވެ. މި މަޝްރޫޢު ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެއެވެ. މި މަޝްރޫއު ފެށުމަށްޓަކާ އެރަށުގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. “އިރުން ހަކަތަ” މި މަޝްރޫޢު ފަށްޓައިވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ އެމްޑަބްލިއުއެސްއީއިންއެވެ.
މި މަޝްރޫއަކީ ދުވާފަރުގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ 2026 ވަނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނި ހަކަތައަށް ބަދަލުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެވެ. މި މަސައްކަތާއެކު ދުވާފަރުގެ ގޭބީސީތަކަށް ހިޔާދަކުރަނިވި ހަކަތައިގެ މަންފާ ލިބި، ކަރަންޓު ބިލް ކުޑަކުރުމަށް މަގު ފަހިވާނެއެވެ. އަދި ޑީސަލް އަންދާ މިންވަރު މަދުކުރުމާއި ޖައްވަށް ބޭރުކުރާ ދުމުން ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެދޭނެއެވެ. މި މަޝްރޫއު އިފްތިތާހުކުރުމާއެކު ދުވާފަރުގެ ގޭބީސީތަކުގައި ސޯލަރ ޕެނަލް ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އެކަމަށް އެދި ހުށައަޅާ “އިރުން ހަކަތަ” ޕޯޓަލްވެސް ވަނީ އިފްތިތާހުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
