
(ފޮޓޯ ކްރެދިޓްސް: ޕީއެސްއެމް ނިއުސް)
ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާކަން މާލީ ވުޒާރާގެ އެންމެ ފަހުގެ ރިޕޯޓުން ދައްކައިފިއެވެ. މިއަހަރުގެ ޑިސެންބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 35.8 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 10.6 އިންސައްތައިގެ އިތުރުވުމެކެވެ. ޚަރަދުތައް 12.5 އިންސައްތަ ކުޑަވެ، ޖުމްލަ ޑެފިސިޓް 10.4 ބިލިޔަން ރުފިޔާއިން 1.7 ބިލިޔަން ރުފިޔާއަށް ދަށްވެފައިވެއެވެ. ޓެކްސް އާމްދަނީ 9.3 އިންސައްތަ އިތުރުވެފައިވާއިރު، ޖީ.އެސް.ޓީގެ ގޮތުގައި ލިބޭ އާމްދަނީ 11.9 އިންސައްތަ އިތުރުވެފައިވެއެވެ. ޓޫރިޒަމް ޖީ.އެސް.ޓީ 13.9 އިންސައްތަ އިތުރުވެފައިވަނީ ޓީ.ޖީ.އެސް.ޓީގެ ރޭޓު 16 އިންސައްތައިން 17 އިންސައްތައަށް މަތިކުރުމާއި ފަތުރުަތުރުވެރިކަމުގެ ހަރަކާތްތައް ފުޅާވުމުގެ ސަބަބުންނެވެ. ޓެކްސް ކްސް ނޫން އާމްދަނީވެސް 19.7 އިންސައްތަ އިތުރުވެފައިވެއެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވުނު ފައިސާ 87.9 އިންސައްތަ އިތުރުވެ 2.4 ބިލިޔަން ރުފިޔާއަށް އަރާފައިވާކަން ފާހަގަކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
