
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދާއިބެހޭ ވުޒާރާ)
ނ. އަތޮޅުގައި ތަރައްޤީކުރާ ސަސްޓެއިނަބަލް ޓައުންޝިޕަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތަނަކަށް ވާނެކަމަށް އިޤުތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ދެމެހެއްޓެނިވި ޓައުންޝިޕެއް ތަރައްޤީކުރުމަށް ބޭރުގެ ކުންފުންޏަކަށް ހުއްދަ ދިނުމާ ގުޅިގެން މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ 790 މިލިޔަން ޑޮލަރު (12.2 ބިލިޔަން ރުފިޔާ) އިންވެސްޓްކޮށްގެން ތަރައްޤީކުރާ މި ޓައުންޝިޕްގައި ދުނިޔޭގެ ފެންވަރުގެ ސިއްޙީ ޚިދުމަތްތަކާއި، ޓޫރިޒަމް ސްކޫލަކާއި، 60% އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ.
އަދި ދަނޑުވެރިކަމުގެ ވަސީލަތްތަކާއި ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަރކަލްޗަރ އަދި މެރިކަލްޗަރގެ ޒޯނެއްވެސް ހިމެނޭނެއެވެ. މި މަޝްރޫޢުން ސަރުކާރަށް ޖީއެސްޓީ، ޓީޖީއެސްޓީ، ޓޫރިޒަމް ލީސްރެންޓް އަދި ގްރީން ޓެކްސް ލިބި، ރާއްޖޭގެ ޓެކްސް ބޭސް ފުޅާވެގެންދާނެއެވެ. ޓައުންޝިޕް ތަރައްޤީކުރުމުގެ ހުއްދަ ކްރިސްޓަލްސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވުނީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. މި މަޝްރޫޢު 2028 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
