
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދުވާފަރުގައި މަސްވެރިންގެ ދުވަހާ ގުޅިގެން 3 ދުވަހުގެ ކާބޯތަކެތީގެ ޚާއްސަ މައުރަޒެއް ފަށައިފިއެވެ. މި މައުރަޒަކީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސެސް މާކެޓިން ޕްރޮމޯޝަން ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން “ފްރޮމް މޯލްޑިވްސް” ބްރޭންޑުގެ ދަށުން ބާއްވާ މައުރަޒެކެވެ. މިމަހުގެ 11 އިން 13 އަށް ކުރިއަށްދާ މި މައުރަޒު ހުޅުވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާއި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޑރ. މުޙައްމަދު އިބްރާހީމެވެ.
މައުރަޒުގައި ދުވާފަރާއި އެ އަތޮޅަށް ނިސްބަތްވާ ކާބޯތަކެތި ބައިވެރިކޮށްފައިވާއިރު، މިފްކޯއިން ފަސްމީރު ބްރޭންޑުގެ އުފެއްދުންތައްވެސް ދަނީ އިޝްތިހާރުކުރަމުންނެވެ. ޑރ. މުޙައްމަދު އިބްރާހީމް ވިދާޅުވީ ރަށްފުށުގައި އުފައްދާ މަހުގެ އެކި ބާވަތްތަކުގެ އުފެއްދުންތައް އިތުރުކުރުމަށް މިފަދަ ހަރަކާތްތަކުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާ ކަމަށެވެ. މައުރަޒުގައި ބައިވެރިވި ފަރާތްތަކުން ބުނީ މިއީ ރަށުގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ އުފެއްދުންތައް ތަޢާރަފްކޮށް މާކެޓްކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ. މަސްވެރިންގެ ދުވަހާ ގުޅިގެން ދުވާފަރުގައި ކުޑަކުދިންގެ ހަވީރެއް، މަސްރޭހެއް އަދި ކެއްކުމުގެ މުބާރާތެއްވެސް ބޭއްވުމަށް ވަނީ ރާވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
