
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރ. ދުވާފަރުގައި މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބޭއްވި މަސްވެރިންގެ ގުންޒަރު ނިމިއްޖެއެވެ. ރާއްޖޭގެ 9 އަތޮޅަކުން 40 އަށްވުރެ ގިނަ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 4 އުފެއްދުންތެރިން މި ދެ ދުވަހުގެ ގުންޒަރުގައި ބައިވެރިވިއެވެ. މި ގުންޒަރުގައި ބޭއްވުނު ޕެނަލް ޑިސްކަޝަންގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، ވުޒާރާގެ ޓެކްނިކަލް ބޭފުޅުންނާއި މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ބައިވެރިވިއެވެ. ވަޒީރުގެ ބަހުން، މަސްވެރިން ޝައުޤުވެރިކަމާއެކު ބައިވެރިވެ، ގިނަ ކަންބޮޑުވުންތަކަށް ޖަވާބުދާރީވެވުނެވެ. ބަދަލުވަމުންދާ މަސްވެރިކަމުގެ ސިނާޢަތުގައި ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯ ތަންފީޒުކުރުމަށް މަސްވެރިންގެ ޚިޔާލު މުހިންމުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ގުންޒަރުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާބެހޭ މަޢުލޫމާތު ދިނުމުގެ އިތުރުން، އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ސްޓޮކް އެސެސްމަންޓް ހެދުމުގައި ރާއްޖޭގެ ދައުރާއި، ޒުވާނުން މަސްވެރިކަމަށް ނެރުމުގެ މުހިންމުކަމާއި، މަސްވެރިކަމުގެ ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހިއްސާކުރެވުނެވެ. ބައިވެރިންގެ ބުނުމުގައި، މި ގުންޒަރުން މަސްވެރިކަމުގެ ގޮންޖެހުންތައް ހިއްސާކުރުމުގެ ފުރުޞަތު ލިބި، ސަރުކާރުގެ އިދާރާތަކުން ޖަވާބުދާރީވެފައިވާކަމަށާއި، މަޝްވަރާތަކުގެ އަލީގައި ކަންކަން ތަންފީޒުވާން ފެށުމުން ބަދަލުތަކެއް ފެންނާނެކަމަށް އުންމީދުކުރެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
