
(ފޮޓޯ ކްރެޑިޓްސް: ޑައިވް ޕޮއިންޓް މޯލްޑިވްސް)
ފުވައްމުލަކަކީ ރާއްޖޭގައި އެއްފަސްގަނޑަކަށް ހިކިފައި އޮންނަ ހަމައެކަނި އަތޮޅެވެ. މިސިޓީއަކީ ދެކުނުގައި ރަށު ފަތުރުވެރިކަން އެންމެ ހަލުވިކޮށް ކުރިއަރަމުންދާ ރަށެކެވެ. މިހާރު ފުވައްމުލަކުގައި 25އެއްހާ ގެސްޓްހައުސް، 14 ޑައިވިންގ ސެންޓަރު އަދި 400އެއްހާ އެނދު ހުރެއެވެ. ސެންޓްރަލް ޑައިވް ސެންޓަރުގެ އިންސްޓްރަކްޓަރ އަބްދުލް ފައްތާޙްގެ ބަހުން، ޑައިވް ސެންޓަރުތަކަށް ހަފްތާއަކު މިލިޔަނެއްހާ ރުފިޔާ ލިބެއެވެ. އޭނާ ބުނުއްވައިފައިވަނީ އެންމެ ޑައިވް ސެންޓަރަކުން ފަށައިގެން މިހާރު 14 ސެންޓަރަށް އިތުރުވެފައިވާ ކަމަށާއި، 3 ޑައިވް ސްކޫލަށް ބަލާއިރު ހަފްތާއަކު ގާތްގަނޑަކަށް އެއްލައްކަ ޑޮލަރު ލިބޭކަމަށެވެ.
ފުވައްމުލަކުގެ ގެސްޓްހައުސްތަކާއި ހޮޓާ، ކެފޭ، ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ ޚިދުމަތް ރަނގަޅުކަން ފަތުރުވެރިންނާއި އާންމުން ފާހަގަކުރެއެވެ. އަދި ރަށުގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދައަކީ ފަތުރުވެރިން ޝައުޤުވެރިވާ ކަންކަމެވެ. ފުވައްމުލަކު ކައުންސިލްގެ މޭޔަރ އިސްމާޢީލް ރަފީޤުގެ ބަހުން، ފުވައްމުލަކުގެ ފަތުރުވެރިކަން ކުރިއަރަމުން މިދަނީ ރައްޔިތުންނާއި ޕްރައިވެޓް ސެކްޓަރުގެ މަސައްކަތުންނެވެ. ޤުދުރަތީ ރީތިކަމުގެ އިތުރުން ޢުމްރާނީގޮތުންވެސް ފުވައްމުލަކަކީ ދުވަހެއް ދުވަހަކަށް ކުރިއަރަމުންދާ ރަށެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
