
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލިޕޭ ޕްލަސް އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގައި މާލީ މުޢާމަލާތްތައް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިކަމުގެ ސިނާޢަތް އިސްތިހާރުކުރުމެވެ. މި އެއްބަސްވުމުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ވީއެމްސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީ އަދި އަލިޕޭގެ ކަންޓްރީ މެނޭޖަރ ސިޓިޕޮންގް ކިޓިޕްރަޕޮންގް ސޮއިކުރެއްވިއެވެ.
މި އެއްބަސްވުމުގެ ދަށުން، އަންނަ އަހަރުން ފެށިގެން ތިން ފަރާތް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް މަސައްކަތް ކުރާނެއެވެ. ޚާއްސަކޮށް، އޭޝިއާގެ މާކެޓްތަކުގައި ރާއްޖެ އެންމެ މަޤުބޫލު މަންޒިލަކަށް ހެދުމަށާއި، ވިޔަފާރިތަކަށް ފައިސާ ބަލައިގަތުން ފަސޭހަކޮށް، އެ މާކެޓްތަކުން އަންނަ ފަތުރުވެރިންނަށް ލުއިފަސޭހަ ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް މި މަސައްކަތްތައް ކުރެވޭނެއެވެ.
އަލިޕޭ ޕްލަސްއާ އެކު ސޮއިކުރި ވަކި އެއްބަސްވުމަކުން، ރާއްޖޭގައި އީޖާދީ އަދި ރައްކާތެރިކަމާއެކު މާލީ މުޢާމަލާތްތައް ކުރެވޭނެ ގޮތެއް ތަޢާރަފުކުރެވޭނެއެވެ. މީގެ ތެރޭގައި ކިޔުއާރު ކޯޑު ބޭނުންކޮށްގެން ފައިސާގެ މުޢާމަލާތްތައް ކުރެވޭ ނިޒާމު ފުޅާކުރުމާއި، ބީއެމްއެލް ސްވައިޕް އެޕްގައި އަލިޕޭ ޕްލަސްގެ ފީޗަރތައް ހިމެނުން ހިމެނެއެވެ. ބީއެމްއެލްއިން މިހާރުވެސް އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަރކާޑް، އަދި ޔޫނިއަންޕޭގެ އިތުރުން ބީއެމްއެލް ޕޭ، ވީޗެޓް ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުޢާމަލާތްތައް ޕްރޮސެސްކުރެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
