
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިކަން އިތުރުވެފައިވާ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެސްއީޒެޑް ޤާނޫނުގެ ދަށުން ކްރިސްޓަލް ހޯލްޑިގްސްއަށް ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީކުރުމުގެ ހުއްދަ ދިނުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، 2014 ވަނަ އަހަރު އެސްއީޒެޑް ޤާނޫނު އެކުލަވާލި ނަމަވެސް، ގާތްގަނޑަކަށް 12 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މަސައްކަތެއް ޢަމަލީގޮތުން ކުރެވިފައެއް ނުވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ރާއްޖޭގެ އިޤްތިޞާދު ތަފާތުކުރުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާފައިވާތީ، އެސްއީޒެޑް އެކްޓިވޭޓްކުރުމަކީ މި ސަރުކާރުން ކުރި މުހިންމު ކަމެކެވެ.
ކުރީގެ ޤާނޫނުގައި ގިނަ ޓެކްސްތަކެއް މާފުވާ ގޮތަށް ހުރި ނަމަވެސް، މިހާރު އެކަން ބަދަލުކޮށް، ދަޢުލަތަށް ލިބެންޖެހޭ ފައިސާތައް ޙިމާޔަތްވާ ގޮތަށް ބައުންޑްރީސްތަކެއް ގެނެސްފައިވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. މި ބަދަލުތަކާއެކު، އިންވެސްޓަރުންނަށް ހިންހަމަޖެހޭ ގޮތަށް ޤާނޫނު ޑިޒައިންކުރެވިގެން ދިޔައެވެ. ސްޓްރެޓީޖިކް 9 ދާއިރާއާއެކު، ރައީސްގެ ޤަރާރުގައި ހިމެނުނު 10 ވަނަ ދާއިރާއަކީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްކުރުމެވެ.
އެސްއީޒެޑް ޤާނޫނަށް ގެނެވުނު އިސްލާހާއެކު، އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދުތައް ދޫކުރާ ގޮތަށް މަޝްރޫޢުތައް ހިންގުމަށް އިންވެސްޓަރުންނަށް ހުޅުވާލެވުނެވެ. މިހާރު ބޯޑް އޮފް އިންވެސްޓްމަންޓުން ވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދޫކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
