
ރާއްޖޭގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން ފުރަތަމަ ފަހަރަށް ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ރަސްމީކޮށް ދީފިއެވެ. މި މަޝްރޫޢު ހިންގާނީ ނ. އަތޮޅުގައެވެ.
އެސްއީޒެޑް ޤާނޫނު 2014 ވަނަ އަހަރު އެކުލަވާލި ނަމަވެސް، އޭގެފަހުން އިންވެސްޓަރުންނަށް ލުއިތަކެއް ލިބޭ ގޮތަށް ގިނަ ބަދަލުތަކެއް ގެނެސް، ރައީސް މިވަނީ އެ ބިލު ތަސްދީޤުކުރައްވާފައެވެ. މި އިޞްލާޙާއެކު، އިޤްތިޞާދީ މަސައްކަތްތަކަށް ވަކި ސަރަޙައްދުތަކެއް ކަނޑައަޅައި، މަޝްރޫޢުތައް ހިންގުމަށް އިންވެސްޓަރުންނަށް ވަނީ ހުޅުވާލާފައެވެ. އެސްއީޒެޑްގެ ދަށުން މަޝްރޫޢުތައް ހިންގުމުގެ ހުއްދަ ދޫކުރާ ބޯޑް އޮފް އިންވެސްޓްމަންޓުން މިހާރު ވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް މި ހުއްދަ ދޫކޮށްފައެވެ.
ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ ވަނީ މި ހުއްދަ ލިބުމުން އުފާކުރައްވައި، ޓައުންޝިޕެއް ޤާއިމުކުރުމަށް އެފަދަ ހުއްދައެއް ލިބުނު ފުރަތަމަ ކުންފުންޏަކަށް ވުމަކީ ޝަރަފެއްކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، މި ޕްރޮޖެކްޓަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢެއްކަމަށާއި، އިޖްތިމާޢީ ގޮތުންވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ވިޔަފާރިއަށް ލުއިދޭ ސިޔާސަތުގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، 2028 ވަނަ އަހަރުގެ ކުރިން މި ޕްރޮޖެކްޓް ނިންމާ އޮޕަރޭޝަނަށް ގެނައުމަށް ކުންފުނިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަޤީންކަން ސީއީއޯ ދެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
