
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބޯ ވާރޭގެ ސަަބަބުން ފަލަސްޠީނުގެ ޣައްޒާގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިތުރު ނުރައްކާތައް ކުރިމަތިވެފައިވާ ކަމަށް އދގެ ހިޖުރަކުރުމާބެހޭ ބައިނަލްއަޤްވާމީ އިދާރާ، އައިއޯއެމްއިން ބުނެފިއެވެ. ޑިސެމްބަރު މަހުގެ 11ވަނަ ދުވަހު ކުރި ވިއްސާރައިގެ ސަބަބުން ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދިޔަ އެތައް ފޭލިގެއަކާއި އެ ފަދަ އެހެން ވަގުތީ ހިޔާތަކުގައި ކަށިމައްޗަށްވުރެ މައްޗަށް ފެންބޮޑުވެ އެ ތަންތަނުގައި ދިރިއުޅެމުން ދިޔަ މީހުންގެ ތަންމަތި ފޯވެ ހިފައިގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. ފޭލިގެއަށް ފެންވަނުމުގެ ސަބަބުން ތުއްތު ކުއްޖެއް ވެސް މަރުވެފައިވެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ޣައްޒާގައި މިހާތަނަށް 12 މީހުން ވަނީ މަރުވެފައި ނުވަތަ ވީނުވީއެއް ނޭނގި ގެއްލިފައެވެ. 13 އިމާރާތެއް ވެއްޓި ބިމާ ހަމަވެފައިވާއިރު، 27،000އަށްވުރެ ގިނަ ފޭލިގޭގައި ވަނީ ފެންބޮޑުވެފައެވެ. 4،000އަށްވުރެ ގިނަ މީހުން ޣައްޒާގެ އައްސޭރިފަށުގައި ދިރިއުޅޭ 4،000އަށްވުރެ ގިނަ މީހުން ތޫފާނުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައިވާއިރު އޭގެ ތެރެއިން 1000 މީހުންނަނީ މޫދުގައި އުފެދިފައިވާ ބިޔަ ރާޅުގެ އަސަރު ސީދާ ކުރަމުންދާ މީހުންނެވެ.
އައިއޯއެމްއިން ބުނީ ޣައްޒާގެ ގެދޮރު ގެއްލިފައިވާ 795،000އެއްގާ މީހުން ދިރިއުޅެމުން ދަނީ ބިންތިރި އަދި ގައުކުނޑިން ފުރިފައިވާ ސަރަޙައްދުތަކުގައި ކަމަށެވެ. އެ ފަދަ ސަރަޙައްދުތަކުން ފަސޭހައިން ފެން ނުހިނދޭ ކަމަށާއި، އެ ސަރަޙައްދުތަކުގައި ފެން ބޮޑުވުމާއި ބަލިމަޑުކަން ފެތުރުމުގެ ނުރައްކާ ބޮޑު ކަމަށް އެ އިދާރާއިން ބުނެއެވެ.
އެހީދޭ ޖަމްޢިއްޔާތަކަށް މި ވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަގުތީ ހިޔާތައް ހެދުމަށް ނުވަތަ މަރާމާތު ކުރުމަށް ބޭނުންވާ ފައްޗާއި ފިލައާއި، ފެން ވަނުން ހުއްޓުވުމަށް ބޭނުންކުރާނެ ވެލި ބަސްތާއާއި ފެން ހިނދުމަށް ބޭ
ނުންކުރާނެ ޕަމްޕު ފަދަ ތަކެތި ޣައްޒާއަށް އެތެރެކުރުމުގައި ދިމާވެފައިވާ ދަތިތަކެވެ. ޣައްޒާއަށް މިހާރު އެތެރެކޮށްފައިވާ ބައެއް ތަކެތި ވެސް މޫސުން ގޯސްވުމުގެ ސަބަބުން ރައްޔިތުންނާ ހަމައަށް ފޯރުނުކޮށްދެވި، ތަކެއްޗަށް ގެއްލުން ލިބެމުންދާ ކަމަށް އައިއޯއެމްއިން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
