
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނިކަމެތީންނާއި ފަގީރުންނަށް ފޯރުކޮށްދެމުން ދިޔަ އެހީގެ ބޮޑު އިންސައްތައެއް އެމެރިކާއިން ކަނޑައިލުމާ ގުޅިގެން އެތަކެއް ހާސް ކުޑަކުދިންނެއް ހައިހޫނުގައި ޖެހެމުންދާ ކަން އެހީދޭ ޖަމުޢިއްޔާތަކުން ހާމަކޮށްފިއެވެ. ބޭރު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާގެ އިދާރާ، ޔޫއޭސް އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް އުވައިލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައި ވަނީ ޖުލައި 1ވަނަ ދުވަހުއެވެ. ޔޫއެސްއޭއައިޑީ އުވައިލުމުގެ އިތުރުން ބައިނަލްއަޤްވާމީ އެހީދޭ ޖަމުޢިއްޔާތަކާއި އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތަކަށް ޚަރަދު ކުރުން ވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ މަދުކޮށްފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުންނާއި އެހީދޭ ޖަމުޢިއްޔާތަކުން ބުނީ، ޓްރަމްޕްގެ ނިންމެވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ނިކަމެތީންގެ ތެރެއިން އެތަކެއް ހާސް ބަޔަކު ހައިހޫނުގައި ޖެހެމުންދާ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ ކު
ޑަކުދިންނެވެ.
އދގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފު)ން ބުނީ، މި ވަގުތު ހައިހޫނުގައި ޖެހިފައިވާ ކުޑަކުދިން އެންމެ ގިނަ ޤައުމުތަކުގެ ތެރޭގައި ކެންޔާ ހިމެނޭ ކަމުގައެވެ. މީގެ އިތުރުން، ކޮންގޯއާއި ނައިޖީރިޔާ އަދި ސޮމާލިޔާއާއި ސޫދާނުގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ހައިހޫނުގައި ޖެހިފައި އެބަތިއްބެވެ. އަދި، އޭގެ ތެރޭގައި ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން މެލްނިއުޓްރިޝަންގެ ޞިއްޙީ ހާލަތު ކުރިމަތިވެފައިވާ ކުދިން ގިނައެވެ. އެހީދޭ ޖަމުޢިއްޔާތައް ކަމުގައިވާ މަރސީ ކޯ އަދި އެކްޝަން އަގެއިންސްޓް ހަންގަރއިން ބުނީ، މެލްނިއުޓްރިޝަންގެ ހާލަތު ކުރިމަތިވެ، މަދު ނަމަވެސް އަދަދެއްގެ ކުޑަކުދިންގެ ފުރާނަ ގެއްލިފައިވާ ކަމުގައެވެ. އެ ކުދިން މަރުވީ، ކޮންގޯއާއި ނައިޖީރިޔާއަށް އެމެރިކާއިން ފޯރުކޮށްދެމުން ދިޔަ އެހީ ކަނޑައިލި ފަހުންނެވެ. ނަމަވެސް، އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، އެމެރިކާއިން ދެމުން ދިޔަ އެހީތައް ކަނޑައިލުމާ ގުޅިގެން އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައި ނުވާ ކަމުގައެވެ.
ކެންޔާގައި އެކަނި ވެސް ހައިހޫނުގައި ޖެހިފައި ތިބި މީހުންގެ އަދަދު 179,000ށް އަރާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރިއެވެ. އޭގެ ތެރޭގައި، މެލްނިއުޓްރިޝަންގެ ހާލަތު ތަހައްމަލު ކުރަމުންދާ އުމުރުން ފަސް އަހަރުން ދަށުގެ 87,200ށްހާ ކުޑަކުދިން ހިމެނެއެވެ. އޭގެ ތެރެއިން 17,000ށްހާ ކުދިންގެ ހާލަތު ގޯހެވެ. 2024ވަނަ އަހަރު އެމެރިކާއިން ނިކަމެތީންނަށް އެހީވުމަށް 991 މިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރިއެވެ. ނަމަވެސް، މި އަހަރުގެ މިހާތަނަށް ޓްރަމްޕްގެ ސަރުކާރުން އެހީގެ ގޮތުގައި ދޫކޮށްފައި ވަނީ އެންމެ 263 މިލިޔަން ޑޮލަރެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
