
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޣައްޒާއަށް ފިނި މޫސުން އައިސް ބޯވާރޭ ވެހެމުންދާއިރު ގެދޮރު ގެއްލިފައިވާ އެ ސަހަރުގެ ރައްޔިތުން ދިރިއުޅެމުންދާ ޙާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. 2023ވަނަ އަހަރުގެ އޮކްޓޯވަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ދެ އަހަރަށް ދެމިގެންދިޔަ ހަނގުރާމައިގައި ޔަހޫދީން ޣައްޒާއަށް ދީފައިވާ ޙަމަލާތަކުގައި މުޅި ޣައްޒާ އެއްކޮށްހެން ސުންނާފަތިވެފައިވާއިރު ޣައްޒާގެ ރައްޔިތުން ދިރިއުޅެމުން ދަނީ ވެއްޓިފައިވާ އިމާރާތުގެ ސަބަބުން އުފެދިފައިވާ ގައުކުނޑިތަކުގެ ތެރޭގައެވެ. ބޯ ވިއްސާރައިގެ ސަބަބުން ޣައްޒާގެ ރައްޔިތުން ދިރިއުޅެމުންދާ ފޭލިގެތަކަށް ފެންވަދެ، އެންމެ އަށް މަހުގެ ތުއްތު ކުއްޖެއް ވެސް ނިޔާވެފައިވެއެވެ. ޣައްޒާގެ ރައްޔިތުން ހިޔާވަހިކަން ހޯދަމުންދާ ބަލިކަށި ފޭލިގެތަކާއި ގެއްލުން ލިބިފައިވާ އިމާރާތްތަކުގައި ގަދަ ފިންޏާއި ފެނުން ރައްކާތެރިކަން ހޯދުން ވަނީ ބޮޑު ގޮން ޖެހުމަކަށް ވެފައެވެ. ބޯ ވާރޭގެ ސަބަބުން ފެންބޮޑުވި ނަމަވެސް އެ ފެންތައް ހިނދުމަށް ޣައްޒާގެ އިދާރާތަކުން ކުރަމުންދާ މަސައްކަތަށް، ތެޔޮ ނުލިބުމާއި ބޭނުންކުރާނެ ސާމަނު ނެތުމުގެ ސަބަބުން ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގެ 70،000އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. ޙަމަލާތަކުގައި ޣައްޒާގެ އިމާރާތްތައް ބިމާ ހަމަވެފައިވާއިރު، އދން ލަފާ ކުރާ ގޮތުގައި އޭގެ ސަބަބުން 61 މިލިޔަން ޓަނުގެ ގައުކުނޑި އެ ސަހަރުގައި ވަނީ އުފެދިފައެވެ. އެ ގައުކުނޑިތައް ސާފު ކުރުމަށް އެންމެ ރަނގަޅު ޙާލަތުގައި ވެސް ހަތް އަހަރު ނަގާނެ ކަމަށް ބެލެވެއެވެ. ޢާންމުންގެ ގެދޮރާއި ޣައްޒާގެ އިމާރާތްތައް ހަލާކުވެ ގޮސްފައިވާއިރު، ޣައްޒާގެ ރައްޔިތުންނަށް މިހާރު މަޖުބޫރުވެފައި ވަނީ ހަނގުރާމައިގެ ކުރިން އެ މީހުން ދިރިއުޅެމުން ދިޔަ ގޭގޭގެ ގައުކުނޑިތަކުގެ ތެރެއިން ބާދަގަނޑު ހޯދުމަށެވެ. އެއީ ބަލިކަށި ފޭލިގެތައް ވަރުގަދަ ކުރުމަށާއި، ފައިސާ ހޯދުމަށް ވިއްކުމަށެވެ. ޣައްޒާގައި 10 މީޓަރުގެ ދަގަނޑެއްގެ އަގު މިހާރު އުޅެނީ 15 އެމެރިކާ ޑޮލަރަށެވެ.
މި ޙާލަތުގައި ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމުގައި ވެސް އަދިވެސް ބޮޑެތި ދަތިތައް އެބަހުއްޓެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ވަނީ ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރުން ހުއްޓުވަނީ ސީދާ ޔަހޫދީން ކަމަށެވެ. އދގެ އިދާރާތަކުން ވަނީ ޣައްޒާގެ ބޮޑު އާބާދީއެއް ކުޑަކުޑަ ސަރަޙައްދަކަށް ތޮއްޖެހިފައިވުމާއި ފިނި މާހައުލާއި ސާފުތާހިރު ނޫން ސަރަޙައްދުތަކުގައި ދިރިއުޅުމަށް މަޖުބޫރުވުމަކީ ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުޞަތު ބޮޑުތަނުން އިތުރުކޮށްދޭ ކަންކަން ކަމަށް ބުނެފައެވެ. މިހާރުން މިހާރަށް ވެސް މަދުވެގެން 300،000 އައު ފޭލިގެ ޣައްޒާއަށް ބޭނުންވެއެވެ.
ދެ އަަހަރަށް ފަހު ހަނގުރާމަ ހުއްޓައިލުމަށް ނިންމާ މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަދު ޢަމަލުކުރަން ފެށި ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމަށް ޢަމަލުކުރަމުން ދާ ނަމަވެސް ޣައްޒާގެ ރައްޔިތުންނަށް އަދިވެސް ޔަހޫދީންގެ ވަރުގަދަ ޙަމަލާތައް ދަނީ އަމާޒުވަމުންނެވެ. ނަމެއްގައި ހަނގުރާމަ ހުއްޓައިލި ފަހުން ވެސް އެތައް ބަޔަކު ޣައްޒާގައި ޝަހީދުވެފައިވެއެވެ. ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިޘާ ޣައްޒާއަށް ކުރިމަތިވެފައިވާއިރު މި ޙާލަތުގައި ދިރިތިބުމަށް ގިނަ މަސައްކަތްތަކެއް ޣައްޒާގެ ރައްޔިތުން ދަނީ އަދިވެސް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
