(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި އިންތިޤާލީ ގޮތުން ވެރިކަން ހިންގާނެ ސުލްޙައިގެ ބޯޑެއް އެކުލަވައިލައި، އަންނަ އަހަރުގެ ކުރީކޮޅު އެ ބޯޑުގެ މެންބަރުން އިޢުލާނު ކުރައްވާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޣައްޒާގައި ވެރިކަން ކުރާނެ ބޭރުގެ ބޯޑެއް އެކުލަވައިލުމަށް ޓްރަމްޕް ނިންމަވާފައި ވަނީ، އޭނާ މެދުވެރިވެވަޑައިގެން އަމަލު ކުރަމުންދާ ސުލްޙައިގެ އެއްބަސްވުމުގެ ދަށުންނެވެ. އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ދަށުން، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު، ނަމެއްގައި ވަނީ މެދުކަނޑައިލާފައެވެ. އެ އެއްބަސްވުމުގެ ދަށުން، ޣައްޒާގައި ވެރިކަން ކުރާނެ އިންތިޤާލީ ކޮމިޓީއެއް އެކުލަވައިލެވޭނެއެވެ. އަދި، ޓްރަމްޕް އިސްވެ އުފައްދަވާ ސުލްޙައިގެ ބޯޑަކީ، އެ ކޮމިޓީގެ މައްޗަށް ބަސްބުނާނެ ބޯޑެކެވެ. އެ ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ ޚުދު އޭނާ ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އޭނާ އިސްވެ އެކުލަވައިލެއްވުމަށް ނިންމަވާފައިވާ ބޯޑުގައި ބައިވެރިވެ ވަޑައިގަތުމުގެ ޝައުގުވެރިކަން ގިނަ ޤައުމުތަކެއްގެ ވެރިން ފާޅު ކުރައްވާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ރައީސުންނާއި، ރަސްކަލުންގެ އިތުރުން ބޮޑުވަޒީރުން ހިމެނިވަޑައިގަންނަވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ޣައްޒާގައި ވެރިކަން ހިންގާނެ ވަކި ބޯޑެއް އެކުލަވައިލުމަށް އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ފާސްކޮށްފައެވެ. އަދި، ޣައްޒާގައި އަމަން ބެލެހެއްޓުމަށް ބައިނަލްއަޤްވާމީ ފައުޖެއް އެކުލަވައިލުމުގެ މަސައްކަތް ކުރުމަށް އެމެރިކާއިން އިސްވެ، ބައެއް ޤައުމުތަކާ ގުޅިގެން ދަނީ މަޝްވަރާ ކުރަމުންނެވެ. ޓްރަމްޕްގެ ސުލްޙައިގެ އެއްބަސްވުމުގެ ދަށުން، ޣައްޒާގެ ވެރިކަން ހިންގުމުގައި ބައިވެރިވުމުގެ އެއްވެސް ފުރުޞަތެއް ޙަމާސަކަށް ނޯންނާނެއެވެ. އަދި، އެ ޖަމާޢަތުން ހަތިޔާރު ބަހައްޓަން ޖެހޭނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
