
ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހު އާއި ކޯޗު އާނޭ ސްލޮޓް އާއި ދެމެދު ޖެހުނު މައްސަލަތައް ހައްލު ކުރުމަށް ވާހަކަ ދެއްކުމަށްފަހު ލީގުގައި މިއަދު ބްރައިޓަން އާއި ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ސަލާ ހިމަނައިފި އެވެ. އުމުރުން 33 އަހަރުގެ މިސްރަށް އުފަން ސަލާހު އާއި ކޯޗު ސްލޮޓް އާއި ދެމެދު މައްސަލަ ޖެހުނީ މިދިޔަ ހަފްތާގައި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑް އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވި މެޗަށްފަހު ސަލާހު ނޫސްވެރިންނަށް ދިން އިންޓަވިއު އާއި ގުޅިގެންނެވެ. ލީޑްސް މެޗުގެ އިތުރުން ލިވަޕޫލް އޭގެ ކުރިން ކުޅުނު ދެ މެޗުގައިވެސް ސަލާހު އަށް ކުޅުމުގެ ފުރުސަތު ދީފައިނުވާއިރު އޭނާ ހުރި ބެންޗުގަ އެވެ.
އެކަމާއި ހިތްހަމަނުޖެހިގެން ސަލާހު ދިން އިންޓަވިއުގައި ބުނެފައިވަނީ މީގެ ކުރިން ކޯޗު ސްލޮޓް އާއިއެކު ރަގަޅު ގުޅުމެއް އޮތް ނަމަވެސް މިހާރު އެފަދަ ގުޅުމެއް ނެތް ކަމަށެވެ. “ކޮންމެވެސް ބަޔަކު އެބަ ބޭނުންވާ މިހާރު އަހަރެން މި ކްލަބުގައި ނުހުރެ ދާން. އަދި އަހަރެންނަށް އިހުސާސް ކުރެވޭ ގޮތުގައި މި ކްލަބުން ވަނީ އަހަރެން ބަސް ދަށަށް އެއްލާލާފައި.” ސަލާހު ބުންޏެވެ. ސަލާހު އާއި ސްލޮޓް އާއި ދެމެދު އޮތް ގުޅުން ގޯސްވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް އެކަމަށް އަމާޒުވުމާއިއެކު ސްލޮޓް ވަނީ މިދިޔަ ހުކުރު ދުވަހު ސަލާހު އާއި ވަކިން ބައްދަލުކޮށް ވާހަކަ ދައްކާފަ އެވެ.
ބްރައިޓަން އާއި ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސްލޮޓް ބުނެފައިވަނީ ސަލާހު އެ ކްލަބު ދޫކޮށްދާން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި މިލާން އާއި ދެކޮޅަށް ކުޅުނު މެޗަށް ދިޔަ ލިވަޕޫލް ޓީމުން ސަލާހު އަށް ފުރުސަތު ދީފައިނުވަނީ ކްލަބުން އެގޮތަށް ނިންމާފައިވާތީ ކަމަށެވެ. “ކްލަބުގެ ވެރިން އޮތީ ޓީމަށް އަރާނެ ކުޅުންތެރިންނާއި ސްކޮޑުގައި ހިމެނޭނެ ކުޅުންތެރިން ނެގުމުގެ ބާރު އަހަރެންނަށް ދީފައި.” ސްލޮޓް ބުންޏެވެ. ނިމިގެންދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ލިވަޕޫލް އިން ކާމިޔާބުކުރިއިރު ސަލާހު ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި އަންނަ ހޯމަ ދުވަހު އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ މިސްރުގެ ޓީމަށް ކުޅުމަށް ސަލާހު ގައުމީ ޓީމާއި ގުޅޭނެ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
