
(ފޮޓޯ ކްރޭދިޓްސް: ޕީއެސްއެމް ނިއުސް)
ސްކޭޓް މޯލްޑިވްސްގެ ރައީސް މުޙައްމަދު ހާނިމް ވިދާޅުވާ ގޮތުގައި، މި އަހަރުގެ އެންމެ ބޮޑު ކާމިޔާބީތަކަކީ އިންޑޮނޭޝިއާ މުބާރާތުން ލިބުނު ކާމިޔާބީއާއި ސްކޭޓް އެރީނާއެއް ލިބުން ކަމަށެވެ. އިންލައިން ސްކޭޓިންއިން މި އަހަރު މެއި މަހު އިންޑޮނޭޝިއާގައި ބޭއްވި ސީރީޒްގައި ވާދަކޮށް ރާއްޖެއަށް އެއް ރަން، އެއް ރިހި އަދި އަށް ލޯ މެޑަލް ހޯދައިދެވުނު ކަމަށާއި، މިއީ މި ކުޅިވަރުން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއަށް ލިބުނު އެންމެ ފުރިހަމަ ކާމިޔާބީ ކަމަށް ހާނިމް ފާހަގަކުރެއްވިއެވެ. 19 ކުދިންނާ އެކު ދެ އަހަރެއްހާ ދުވަހު ތައްޔާރުވެގެން މި މުބާރާތަށް ފުރީ މެޑަލްތަކެއްގެ އުންމީދުގައި ކަމަށާއި، އުންމީދުކުރި ވަރަށް ވުރެ މާ ބޮޑަށް ރަނގަޅު ނަތީޖާއެއް (10 މެޑަލް) ލިބުނުކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ސްކޭޓިން ތާރީޚުގައި ރަން ޞަފުހާއެއް ހުޅުވުނު ކާމިޔާބީއެއް ކަމަށާއި، މި މުބާރާތުގައި ފަސް ގައުމަކުން 595 ސްކޭޓަރުން ވާދަކުރި ކަމަށް ވެސް ހާނިމް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މީގެ އިތުރުން، ސްކޭޓަރުންގެ ދުވަސްވީ ހުވަފެނެއް ކަމަށްވާ ސްކޭޓިން އެރީނާ މާލޭގެ މުހިންމު ސަރަހައްދެއްގައި ބިނާކުރަން ފެށުމަކީ ވެސް މި އަހަރުގެ އެންމެ ބޮޑު ކާމިޔާބީއެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ދީލަތިފުޅުކަމާ އެކު، އުސްފަސްގަނޑު ފަދަ ސަރަހައްދަކުން ބިމެއް ދެއްވައިގެން އޮކްޓޯބަރު 2 ގައި ބިންގާ އެޅުނު މި އެރީނާއަކީ، މި ކުޅިވަރަށް ސަރުކާރުން ދެއްވާ ޚާއްސަ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް ހާނިމް ވިދާޅުވިއެވެ. މި އެރީނާއަކީ، މި ކުޅިވަރު ކުރިއެރުވުމަށްޓަކައި، އިތުރަށް ވާދަވެރި ރޫހެއްގައި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވެ، ކުދިން ތަމްރީނުކުރުމަށް އެޅޭ ބިންގަލެއް ކަމަށް ސްކޭޓް މޯލްޑިވްސްއިން ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރިއެވެ. މި މަސައްކަތް އާރްސީސީގެ ސީއެސްއާރުގެ ދަށުން މި އަހަރު ނިމުމުގެ ކުރިން ނިންމަން އަމާޒު ހިފާފައި ވެއެވެ. މި ކުޅިވަރަށް ތިން އަހަރުގެ ކުދިން ވެސް ގަވާއިދުން ފަރިތަކުރުންތަކުގައި ބައިވެރިވަމުންދާތީ، މިއީ މުސްތަޤްބަލު އޮތް ކުޅިވަރެއް ކަމަށް ހާނިމް ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
