
ޖެނުއަރީ މަހު ކުޅޭ ސްޕެނިޝް ސުޕަކަޕްގެ ނިޔަލަށް ކޯޗު ޒަބީ އަލޮންސޯ އަށް ވަގުތު ދިނުމަށް ރެއާލް މެޑްރިޑުން ނިންމައިފިއެވެ. ރެއާލް މެޑްރިޑުން މި ގޮތަށް ނިންމީ އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ނަތީޖާތައް ވަރަށް ބޮޑަށް ގޯސްވުމުން ކޯޗުކަމުން އަލޮންސޯ ވަކިކުރާނެ ކަމަށް ބެލެވިފައިވަނިކޮށެވެ. އަދި މިކަމާ އެ ކުލަބުގެ ބޯޑު މެމްބަރުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. ޖެނުއަރީ މަހާ ހަމައަށް އޭނާ އަށް ވަގުތުދޭން ނިންމިއިރު މި މުއްދަތުގެ ތެރޭގައި ކޮޕާ ޑެލްރޭގެ މުހިންމު މެޗުތަކާއި ސްޕެނިޝް ލީގުގެ ވެސް މުހިންމު ތިން މެޗެއް ކުޅެން ޖެހޭނެ އެވެ. އަދި ސުޕަކަޕުގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ވެސް ކުޅެން ޖެހުން އެކަށީގެންވެ އެވެ. އެއީ މުބާރާތުގެ ފައިނަލަށް ހިނގައްޖެނަމަ އެވެ.
ކުރިން ރެއާލް މެޑްރިޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިޔާ ކޯޗުކަމަށް ގެނައީ ހުސްވި ސީޒަނުގައި ތައްޓެއް ނުލިބުމުންނެވެ. ނަމަވެސް އަލޮންސޯއާއެކު މިހާތަނަށް ކުޅުނު މެޗުތަކުން އެކަށީގެންވާ ނަތިޖާތަކެއް ނެރެވިފައިނުވާއިރު ސީނިއާ ކުޅުންތެރިންނާ އޭނާގެ ގުޅުން ވަނީ ގޯސްވެފައި ކަމަށްވެ އެވެ. ބައެއް ކުޅުންތެރިން ވަނީ ސީދާ އޭނާއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މީގެ ތެރޭގައި ފޯވަޑް ވިނީޝިއުސް ޖޫނިއާ ހިމެނެ އެވެ. ނަމަވެސް މެންޗެސްޓާ ސިޓީ އަތުން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ގޯލްކީޕަރު ތިބައޫ ކޯޓުއާ ވަނީ ކުޅުންތެރިން ތިބީ އަލޮންސޯއާއެކުގައި ކަމަށެވެ. އަދި އެންމެންވެގެން ނަތީޖާ ބަދަލު ކުރެވިދާނެ ކަމަށެވެ.
އަލޮންސޯ ވެސް މެޗަށް ފަހު ބުނީ އެ މެޗަކީ ވަރަށް ހަމަހަމަ މެޗެއް ކަމަށާއި މިހާރު ދަށްވެފައިވާ ނަތިޖާ މުޅި ޓީމު ގުޅިގެން ބަދަލު ކުރެވިދާނެ ކަމަށެވެ. “އަހަރުމެން ވަރަށް މަސައްކަތް ކުރަން ޖެހޭ. ނަތީޖާތައް ހުރީ އެންމެ ރަނގަޅަކަށްނޫން. އެކަމަކު ކުޅުންތެރިން ވަރަށް މަސައްކަތް ކުރިތަން މި މެޗުން ވެސް ފެނިގެން ހިނގައްޖެ. އަހަރުމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މި ނަތީޖާތައް ބަދަލު ކުރެވިދާނެ ވަރަށް އަވަހަށް،” އަލޮންސޯ ބުންޏެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
