
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަންނަ އަހަރު ތައިލެންޑުގެ ނޮންތަންބުރީގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ސްކޮޑު ވަނީ އިޢުލާންކޮށްފައެވެ. 18 ކުޅުންތެރިން ހިމެނޭ މި ސްކޮޑުން އަލަށް ފުރުސަތު ހޯދި ކުޅުންތެރިންގެ ތެރޭގައި ހުސެއިން ޝަރީފް، ޢަބްދުﷲ ޖުނައިދު، އަލީ ހައިޝަމް، މުޙައްމަދު އިސާމް، ޢަބްދުﷲ ޝާފިއު އަދި އަޙްމަދު ހަމީދު ހިމެނެއެވެ. އޭޝިއަން ކަޕުގެ ސްކޮޑުގައި ހިމެނުނު މުޙައްމަދު އިމްރާން، އިޝާން އިބްރާހީމް، ހުޒައިފަތު ރަޝީދު، އަލީ ޝިޔާހު، އަލީ ޝަމާލް ޢަބްދުﷲ، އަޙްމަދު ރާހިލް ރަޝީދު، ހަސަން ސުހައިލް އަދި އިސްމާޢީލް ވަޖީހު ވަނީ ސްކޮޑުން ޖާގަ ހޯދާފައެވެ. ކީޕަރުންގެ ގޮތުގައި މުހައްމަދު ލުފްސާން، އިބްރާހީމް ނާޖިހު، ޢަބްދުﷲ ޒިމާމް އަދި ޒައިދާން އަޙްމަދު ހިމެނެއެވެ.
އޭޝިއަން ކަޕުގައި ކުޅުނު މުޙައްމަދު ފާސިރު، އަޔާޒް އަޙްމަދު، އަލީ ހާފިޒް، ސާމިން މުޙައްމަދު ނަސީރު އަދި ޢަބްދުﷲ ނާސިހަށް މިފަހަރު ޖާގަ ލިބިފައެއް ނުވެއެވެ. ފާސިރާއި އަޔާޒް މިހާރު ކުޅެނީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގައި ކަމަށްވާއިރު، ހާފިޒް ހުރީ އަނިޔާގައެވެ. ޖެނުއަރީ 13 އިން 26 އަށް ލީގު ފޯމެޓަށް ކުރިއަށްދާ މި މުބާރާތުގައި ސަރަހައްދީ ހަތް ގައުމަކުން ވާދަކުރާނެއެވެ. ރާއްޖޭން ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް ޖެނުއަރީ 14 ގައި ކުޅޭނެއެވެ. އެއަށްފަހު ޖެނުއަރީ 16 ގައި ބަންގްލަދޭޝްއާ، ޖެނުއަރީ 20 ގައި އިންޑިއާއާ، ޖެނުއަރީ 22 ގައި ނޭޕާލާ، ޖެނުއަރީ 24 ގައި ބޫޓާނާ އަދި ފަހު މެޗު ޖެނުއަރީ 26 ގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭނެއެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމު މި މަހު ފަހުކޮޅު ޗައިނާއަށް ތަމްރީނު ކޭމްޕަކަށް ދިޔުމަށް ހަމަޖެހިފައިވެއެވެ. ޓީމުގެ ހެޑް ކޯޗު ފާރޫކް ޒަކިރޯވް ވިދާޅުވެފައިވަނީ މި ކޭމްޕުގެ ބޭނުމަކީ އިންޑޯއަށް ފަރިތަވެލުން ކަމަށާއި، މިގޮތަށް 10 ވަރަކަށް ދުވަހު ފަރިތަކުރެވިއްޖެނަމަ ވަރުގަދަ ޓީމެއް މުބާރާތަށް ނެރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. ޒަކިރޯވްއަށް މި މުބާރާތަށް ޓީމު ތައްޔާރުކުރުމުގައި އެހީތެރިވަނީ ކޯޗު އަޙްމަދު ނިޔާޒް، އަޙްމަދު އަހުސަން، މުޙައްމަދު ފުހެއިދު އަދި މުޙައްމަދު އިހުސާނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
