
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
އެފްއޭއެމް ވިމެންސް ލީގު 2025 ގައި ނޭޕާލުގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ދީޕާ ޝާހީގެ ފަސް ލަނޑާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބޮޑު މޮޅެއް ހޯދައި، ލީގު ހޯދުމުގެ ރޭހަށް ވަދެއްޖެއެވެ. ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މާޒިޔާ ހޯދި ބޮޑު މޮޅާއެކު އެ ޓީމު ލީގު ހޯދުމުގެ ރޭހަށް ވަނީ ކުޅުނު ތިން މެޗުން 7 ޕޮއިންޓް ހޯދައިގެން ލީގުގެ ދެވަނައަށް ކުރިއަށް ޖެހިލައިގެންނެވެ. ތާވަލުގެ ކުރީގައި އޮޑި ސްޕޯޓްސް ކުލަބު އޮތީ 7 ޕޮއިންޓާއެކުއެވެ. އޮޑިއަށް ކުރި ލިބެނީ މާޒިޔާއަށް ވުރެ ފައިދާ ދެ ލަނޑު އިތުރުވެގެންނެވެ.
ހެންވޭރު ދަނޑުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗުގެ މާޒިޔާގެ ބިދޭސީ ދެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މަޒިޔާއިން މުޅި މެޗު ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، އެ ޓީމުން ވަނީ ޓީސީގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މާޒިޔާއިން މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ 6 ވަނަ މިނެޓުގައި ޓީސީގެ ފާތުމަތު ތާނީ ލަތީފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މާޒިޔާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 14 ވަނަ މިނެޓުގައި ދީޕާ ދިން ބޯޅައެއް އައިޝަތު ސަމާ ގޯލަށް ވައްދައި ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މާޒިޔާގެ ތިންވަނަ ލަނޑު ދީޕާ ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުންނެވެ.
ދެވަނަ ހާފު ފަށައިގެން މާގިނައިރެއް މެޗު 40 ވަނަ މިނެޓުގައި ދީޕާ ކާމިޔާބުކޮށްދިން ލަނޑާއެކު މާޒިޔާއިން ހަތަރުވަނަ ލަނޑު ޖެހިއިރު، އޭނާ ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭގެ ހަތަރު މިނެޓު ފަހުން މާޒިޔާ ފަސްވަނަ ލަނޑު ޖެހީ ނޭޕާލްގެ ގައުމީ ޓީމުގެ ފޯވާޑް ރޭކާ ޕައުޑެލްއެވެ. މެޗުގައި ޖެހިގެން އައި ދެ މިނެޓުގައި ރޭކާ އާއީ ދީޕާގެ ލަނޑުތަކުން މާޒިޔާ 6 ވަނަ ލަނޑާއި 7 ވަނަ ލަނޑު ކާމިޔާބުކުރިއެވެ. މާޒިޔާއިން ޖެހި 8 ވަނަ ލަނޑަކީ ފާތުމަތު އިނާޔާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މާޒިޔާގެ ފަހު ދެ ލަނޑު އެ ޓީމަށް މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ދީޕާއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
