
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ފަހު ވަގުތު ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މޮޅުވުމުގެ ރިކޯޑު ދަމަހައްޓައިފިއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. ލީގުގެ ފުރަތަމަ ބުރުގެ ހުރިހާ މެޗަކުން މޮޅުވި މާޒިޔާއިން ވަނީ އެ ބުރުގައި ގްރީން ސްޓްރީޓްސް އަތުން 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އެކަމަކު ލީގުގެ ފުލުގައި އޮތް ގްރީން ސްޓްރީޓްސް އަތުން މިއަދު މާޒިޔާއަށް ލިބުނީ އުނދަގޫ މޮޅެކެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ކުރިއަށް ޖެހިގެން ގިނަ އެޓޭކުތަކެއް ފޮނުވާލިއިރު، އެ ޓީމުގެ ސްޕެއިން ފޯވާޑް ސާޖިއޯ މެންޑީ އާއި ނާއިޒް ހަސަން ފޮނުވާލި ހަމަލާތައް ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު ނައިޖީރިއާގެ އޯޖޯ ވަނީ ހުއްޓުވާފައެވެ. ގްރީން ސްޓްރީޓްސްއިން ކައުންޓަރ އެޓޭކުގައި ރަނގަޅު ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ހިލޭ ޖެހުމަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ރިލްވާން ވަހީދެވެ. މި މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެ ޓީމުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ފުލްބެކް ހައިޝަމް ހަސަން ނެގި ހުރަހަކުން އޭރިއާ ތެރެއިން މި ލަނޑު ކާމިޔާބުކޮށްދިނީ ސާޖިއޯ މެންޑީއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މާޒިޔާއިން ލީޑު ނެގިއިރު، އެ ޓީމުގެ އަޙްމަދު އައިހަމް ނެގި ކޯނަރަކުން ސާޖިއޯ މެންޑީ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު އޯޖޯ އަތުގައި ޖެހިފައެވެ.
މި މޮޅާ އެކު މާޒިޔާ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 10 މެޗުންވެސް މޮޅުވެ 30 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބަށް ނުވަ މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. އަދި ފުލުގައި އޮތް ގްރީން ސްޓްރީޓްސްއަށް 10 މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
