
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ބޮޑު ކަންނެލީގެ މަސްވެރިން ފާޅުކުރަމުންދާ ހުރިހާ ކަންބޮޑުވުމަކަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށެވެ. ވަޒީރު މިހެން ވިދާޅުވީ މަސްވެރިން ކުރަމުންދާ އިޙްތިޖާޖުތަކާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޮޑު ކަންނެލި ވިއްކުމަށްފަހު ފައިސާ ލިބުން ލަސްވުމެވެ. މިހާރު މަސް ގަންނަނީ އަމިއްލަ ކުންފުނިތަކުން ކަމަށާއި، ބައެއް ކުންފުނިތަކަށް 1.5 މިލިޔަން ރުފިޔާއަށް އަރާ ފައިސާ ދައްކަންޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މަސްވެރިން ބޭނުންވަނީ ސަރުކާރުން މަސް ގަތުމަށެވެ. އެހެންކަމުން، މިކަމަށް ހައްލެއްގެ ގޮތުން ހުޅުމާލޭގައި މަސް ޕްރޮސެސިން ފެސިލިޓީއެއް އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމަށް ނިންމާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. މިކަމަށް 25 ހާސް އަކަފޫޓުގެ ޖާގަ ހޯދައި، އައިއެސްޖީބީއާ މަޝްވަރާކޮށް ފަންޑު ހަމަޖެހިފައިވާ ކަމަށާއި، މަސައްކަތް ކުރިއަށް ގެންދާނީ PSIP މޮޑެލްއަށް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިންގެ ދެވަނަ ކަންބޮޑުވުމަކީ އަގުހެޔޮކޮށް ތެޔޮ ނުލިބުމެވެ. މިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން ކޮންމެވެސް އެއް ރަށަކުން ހެޔޮ އަގުގައި، އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ވަޞީލަތްތައް ޤާއިމުކޮށް، އަންނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް މި މަސައްކަތް ނިންމާނެ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހި މަސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ހޯދައި، މި ސިނާޢަތަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދިނުމެވެ. މިހާތަނަށްވެސް ސަރުކާރުން ވަނީ މަސްވެރިންގެ އެތައް ކަންބޮޑުވުމަކަށް ހައްލު ހޯދައިދީފައެވެ. އެގޮތުން ކުރީ ސަރުކާރުން ނުއަގުގައި މަސް ގަނެ، އެއަށްވާ ފައިސާ ނުދީ ހިފެހެއްޓި ފައިސާ މަސްވެރިންނަށް ދައްކާފައިވާއިރު، މިހާރު މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ވަނީ ފަށާފައެވެ. ހަމައެއާއެކު، އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް، ލޮނުފެނުން މަސް ފިނިކުރާ އާރުއެސްޑަބްލިޔު ނިޒާމު އޮޑިފަހަރުގައި ޤާއިމުކޮށްދިނުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
