
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނޮވެމްބަރު މަހު މީރާއަށް 2.20 ބިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 16.6 އިންސައްތަ އިތުރު ޢަދަދެކެވެ. މި ޢާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓު ޓެކްސްގެ އާމްދަނީ އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަށްވުރެ މިއަހަރުގެ އޮކްޓޫބަރު މަހު ފަތުރުވެރިންގެ ޢަދަދު 10.3 އިންސައްތަ އިތުރުވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޢާމްދަނީ ވަނީ އިތުރުވެފައެވެ. އަދި މި އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ގްރީން ޓެކްސްގެ ރޭޓު ބޮޑުކުރުމާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއަރޕޯޓު ޓެކްސް އަދި ފީ ތަކުގެ ރޭޓުތައް ބޮޑުކުރުމަކީވެސް ޢާމްދަނީ އިތުރުވި މުހިންމު ސަބަބުތަކެކެވެ.
ނޮވެމްބަރު މަހު އަންދާޒާކުރި ޢާމްދަނީއަށްވުރެ 6.7 އިންސައްތަ އިތުރުވެފައިވަނީ ގްރީން ޓެކްސްއާއި ފަތުރުވެރިކަމުގެ ދާއިރާ ނޫން އެހެން ދާއިރާތަކުގެ ޖީއެސްޓީގެ ގޮތުގައި ލިބުނު ޢާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. މީގެއިތުރުން ބިން ވިއްކުމާއި ބިން ބަދަލު ކުރުމުގެ ފީއިން ލިބުނު ޢާމްދަނީއަކީވެސް އަންދާޒާކޮށްފައިނުވާ ޢާމްދަނީއެވެ. ނޮވެމްބަރު މަހު ލިބުނު ޢާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޖީއެސްޓީއެވެ، އެއީ 1.30 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު ޢަދަދަކީ 191.06 މިލިއަން ރުފިޔާ ގްރީން ޓެކްސްއިން ލިބުނު ޢަދަދެވެ. އަދި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 175.87 މިލިއަން ރުފިޔާ އާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 164.99 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ޢާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 131.67 މިލިއަން ރުފިޔާ އަދި ވަރކްޕަރމިޓް ފީގެ ގޮތުގައި 63.86 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ނޮވެމްބަރު މަހުގެ ޢާމްދަނީގެ 19.7 އިންސައްތައަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި 21 އިންސައްތައަކީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ލިބިފައިވާ ޢާމްދަނީއެވެ. ނޮވެމްބަރު މަހު ލިބުނު ޢާމްދަނީގެ ތެރޭގައި 103.23 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ، މިއީ މިދިޔަ އޮކްޓޫބަރު މަހަށްވުރެ އިތުރު ޢަދަދެކެވެ.
About Post Author
މާދަމާ ނިއުސް
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން...
