
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލަފާކުރި ނަމަވެސް، ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކާއެކު ބޮޑެތި ދަރަނިތަކެއް އަދާކޮށްފައެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރު ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކާއި އޭގެ ކޫޕަން ޕޭމަންޓަށްވާ 25 މިލިއަން ޑޮލަރު، އިތުރު ދަރަންޏެއް ނުނަގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ރިޒާވް ބޭނުންކޮށްގެން ވަނީ ދައްކާފައެވެ.
މީގެ އިތުރުން، އިންޑިއާގެ މަރުކަޒީ ބޭންކުން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ލޯނާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ވެސް ވަނީ ދައްކާ ޚަލާސްކޮށްފައެވެ. އަދި އިންޑިއާއާއެކު ވެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން ލުއި ލޯނު ފެސިލިޓީއެއް ހަމަޖެހިފައިވާއިރު، އަބޫދާބީ ފަންޑުގެ 100 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުން ވަނީ ފަސްކޮށްދީފައެވެ. ޗައިނާ ފަދަ ޤައުމުތަކާއެކު ކުރެވުނު މަޝްވަރާތަކުން ދަރަނި ދެއްކުމުގައި ލުއިތަކެއް ހޯދައި، އިތުރު ދަރަނި ނުނަގައި ދަރަނި އަދާކުރުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅުމަކީ ރާއްޖޭގެ އިޤްތިޞާދީ ވިލުންތެރިކަމާއި މާލީ ނިޒާމުގެ ހަރުދަނާކަން ހާމަކޮށްދޭ ކަމެކެވެ.
About Post Author
މާދަމާ ނިއުސް
ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމެއްގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މައިގަނޑު އަސާސަކީ ދުޅަހެޔޮ ޒުވާން ޖީލެއް ކަމަށްވާއިރު، ރާއްޖޭގެ ކުޅިވަރުގެ ދާއިރާ...
ވަޒީރުގެ އެދުނީ، 100އިންސައްތަދީ ގޭމްސްގެ މަޤްސަދު ހާސިލުކޮށްދޭން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ކުރިއަށް އޮތް އޭޝިއަން ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ ގައުމީ ދިދަ ހަވާލުކުރުމަށް ބޭއްވި...
ނަސްރު މޮޅުވެ, ރޮނަލްޑޯގެ ލަނޑުގެ އަދަދު 979 އަށް!
(ފޮޓޯ ކްރެޑިޓްސް: އަލްނަސްރު) ކެރިއަރުގައި 1000 ލަނޑު ހަމަކުރުމަށް މަސައްކަތްކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބުކުރި އޭނާގެ 979 ވަނަ ލަނޑާއެކު، ސައުދީ ޕްރޯ...
އެންސްޕާގެ ރަޖިސްޓްރީގައި 535 ތެލަސީމިއާ ޕޭޝަންޓުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ...
ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ހުޅަނގު މޫސުމުގެ ސަބަބުންނާއި ވައި އެއްދިމާލަކަށް ޖަމާވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު، އަދި ޚާއްޞަކޮށް މި...
“އަމާޒަކީ އަންނަ އަހަރު އެމްއެސްޑީގެ މޮބައިލް އެޕް ތަޢާރަފްކުރުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޚިދުމަތްތައް ފުޅާކޮށް، ގަނެވިއްކުމުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އަންނަ އަހަރު މޮބައިލް އެޕްލިކޭޝަނެއް...
