Read Time:2 Minute, 5 Second

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

އޮގަސްޓު މަސް ނިމުނުއިރު އެންސްޕާގެ ދަފްތަރުގައި 535 ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި އެ މަހު 1.07 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މޯލްޑިވިއަން ބްލަޑް ސަރވިސްގައި ރަޖިސްޓްރީވެފައިވާ 981 މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 668 މީހުންނެވެ. މީގެ ތެރެއިން އެންމެ ގިނައީ އަތޮޅުތެރޭގެ މީހުންނާއި، 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނެވެ. އަދި އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަލިމީހުން ތިބީ ނ. އަތޮޅުގައެވެ.

 

 

ތެލެސީމިއާ ކޮންޓްރޯލްކޮށް، ފަރުވާ ދިނުމަށް ސަރުކާރުން ވަނީ ސްކޫލް ކުދިން ސްކްރީންކުރުމާއި، ހުޅުމާލޭ އޮރެންޖު ހިޔާގައި ޑީއެންއޭ ލެބޯރެޓަރީ އާއި ޚާއްޞަ ކްލިނިކްތަކުގެ ޚިދުމަތް ފަށާފައެވެ. މީގެއިތުރުން، ކޮންމެ ތެލެސީމިއާ ކުއްޖަކަށް 2،000 ރުފިޔާގެ އެލަވަންސެއް ދިނުމުގެ އިތުރުން، ކުރިއަށް އޮތް 5 އަހަރު ތެރޭގައި 50 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަހަރަކު 10 ކުއްޖަކަށް ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދިނުމަށް ވަނީ ނިންމާފައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %