
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބީއެމްއެލް އާއި ވިސާގެ 22 އަހަރުގެ ޕާޓްނަރޝިޕް ފާހަގަ ކުރުމުގެ ގޮތުން ރާއްޖެއަށް ދެ އައު ޚިދުމަތެއް ތަޢާރަފްކޮށްފިއެވެ. އެއީ މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުމަށް ވިސާއާއެކު ޤާއިމްކުރި ސްޓްރެޓީޖިކް ޕާޓްނާޝިޕަކާއި، ރާއްޖެއަށް ތަޢާރަފްކުރި ފުރަތަމަ މެޓަލް ކާޑު ކަމުގައިވާ ވިސާ އިންފިނިޓް ކްރެޑިޓް ކާޑެވެ. މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމް އިފްތިތާޙުކޮށް އެއްބަސްވުމުގައި ސޮއިކުރެއްވީ ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، ވިސާގެ ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ މެނޭޖަރ އަވަންތި ކޮލަމްބަގެ އަދި ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ. އިންފިނިޓް ކްރެޑިޓް ކާޑު އިފްތިތާޙު ކޮށްދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މި ޕްރޮގްރާމަކީ ރާއްޖޭގެ އިޤްތިޞާދަށް ފައިދާކޮށް، އަންނަން އޮތް ޖީލުތަކަށް މާލީ ގޮތުން ހޭލުންތެރިކަމާއެކު ގޮތް ނިންމުމަށް އެހީތެރިވެ، ހަރުދަނާ މާލީ ބިންގާއެއް އެޅުމަށް މަގުފަހިވާނެ ކަމަށެވެ. ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ އިންފިނިޓް ކާޑަކީ ކަސްޓަމަރުންނަށް ޕްރިމިއަމް ބޭންކިންގ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ތަޢާރަފްކުރެވުނު ކާޑެއް ކަމަށާއި، މި ކާޑުން ޚާއްޞަ ބެނެފިޓްތަކާއި ލައިފްސްޓައިލްއާ ގުޅޭ ލަގްޒަރީ ޚިދުމަތްތައް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ މުޖުތަމަޢަށް ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ހައްލުތައް ތަޢާރަފް ކުރުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން މި ކާޑު ތަޢާރަފް ކުރުމުން ދައްކުވައިދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމުގެ ދަށުން ޒުވާނުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ތަޢުލީމީ އިދާރާތަކާއި، އެކިއެކި މުޖުތަމަޢުތަކުގައި މާލީ ހޭލުންތެރިކަން އިތުރު ކުރުމަށް މުޅި ރާއްޖޭގައި މަސައްކަތް ކުރާނެއެވެ. ވިސާ އިންފިނިޓް ކާޑު ހޯލްޑަރުންނަށް ލަގްޒަރީ ހޮޓެލްތަކުގައި ވީއައިޕީ ސްޓޭޓަސްއާއި، އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގައި ފާސްޓް ޓްރެކް އިމިގްރޭޝަން، ޕަރސަނަލައިޒްޑް މީޓް އެންޑް އެސިސްޓް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށްވުރެ ގިނަ ޕްރިމިއަމް ލައުންޖްތަކަށް އެކްސެސް ލިބުމާއެކު، ޕްރިޔޯރިޓީ ރިސަރވޭޝަން ޚިދުމަތްތައް ލިބޭނެއެވެ.
ބީއެމްއެލުން ރާއްޖެއަށް ވިސާގެ ކާޑުތައް އެންމެ ފުރަތަމަ ތަޢާރަފްކުރީ 2002 ވަނަ އަހަރުގައެވެ. އަދި މިދިޔަ އަހަރު ބޭންކުން ވަނީ ރާއްޖޭގެ ފުރަތަމަ ޝަރީޢާ ކޮމްޕްލަޔަންޓް ވިސާ ކްރެޑިޓް ކާޑު ތަޢާރަފްކޮށްފައެވެ. މިހާރު ކްލަސިކް، ގޯލްޑް، ޕްލެޓިނަމް ވިސާ ކްރެޑިޓް ކާޑުތަކުގެ އިތުރުން ކްލާސިކް އަދި ޕްލެޓިނަމް ވިސާ ޑެބިޓް ކާޑުތައްވެސް ބޭންކުން ދޫކުރެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
