
(ފޮޓޯ ކްރެޑިޓްސް: އެފްޑީސީ)
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާބަން ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކްލިނިކެއް ތަރައްޤީކުރުމަށް ނިންމައިފިއެވެ. މި ކްލިނިކް ޤާއިމުކުރެވޭނީ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 4،000 ފުލެޓުގެ ތެރެއިން އަމާން އުދަރެހުގެ ޓަވަރެއްގައެވެ. މިކަމުގެ އެއްބަސްވުމެއްގައި ހުޅުމާލެ ހޮސްޕިޓަލާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ދެމެދު ވަނީ ސޮއިކޮށްފައެވެ. މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، އަމާން އުދަރެސް ޓަވަރު ހަޔެއްގައި ޤާއިމުކުރެވޭ މި ކްލިނިކުން ކުޑަކުދިންނަށް ވެކްސިން ދިނުމާއި ބަރުދަން ބެލުން އަދި ކައުންސެލިންގެ ޚިދުމަތްފަދަ އިތުރު ޚިދުމަތްތައް ލިބޭނެކަމަށެވެ. މީގެ އިތުރުން، ޖީޕީ ކްލިނިކު މެދުވެރިކޮށް ސްޕެޝަލިސްޓުންނަށް އަވަހަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދިނުމުގެ އިންތިޒާމުވެސް ހަމަޖެހޭނެއެވެ. މިހާރުވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ޓަވަރު 16 ގައި 24 ގަޑިއިރު ޚިދުމަތްދޭ ޖީޕީ ކްލިނިކެއް ހިންގަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލެ ސަރަހައްދުގައި ޖުމްލަ 6 ޖީޕީ ކްލިނިކް (މާލޭގައި 4، ހުޅުމާލޭގައި 2) ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ސީއީއޯ ވިދާޅުވިއެވެ. ހެންވޭރުގައި ޤާއިމުކުރާ ޖީޕީ ކްލިނިކާއި މި އަލަށް ހަދާ ކްލިނިކް އެއްކޮށް ނިންމައި ހުޅުވުމަށް މަސައްކަތްކުރާކަމަށް އޭނާ ހާމަކުރެއްވިއެވެ.
މާލޭގައި މިދިޔަ މަހު ހުޅުވުނު ފުރަތަމަ ޖީޕީ ކްލިނިކުން ޞިއްޙީ އާންމު މަޢުލޫމާތު ދިނުމާއި މެޑިކަލް ޗެކަޕް އަދި އާންމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ޚިދުމަތް ދެއެވެ. މި މަރުކަޒުގައި ޖީޕީ ކްލިނިކަކާއި ކުޑަކުދިންގެ ހެލްތު ކްލިނިކާއި ވެލްނެސް ކްލިނިކެއް ހުރެއެވެ. އެތަނުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10 އަށް ޚިދުމަތް ދޭއިރު، ހުކުރު ދުވަސްތަކުގައި މެންދުރުފަހު 3:30 އިން ރޭގަނޑު 10 އަށް ޚިދުމަތް ދެއެވެ. އަދި އާންމު ޞިއްޙަތު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ހިންގާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
