
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މަސްވެރިކަމަކީ ދިވެހީންގެ ލޭނާރާއި ޤައުމުގެ އިޤްތިޞާދުގެ އެންމެ ބޮޑު އެއް ބިންގަލެވެ. ދިވެހީންގެ ދިރިއުޅުމާއި ޘަޤާފަތާއި ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ މި މަސައްކަތަކީ، ޤައުމުގެ މިނިވަންކަން ދަމަހައްޓައިދޭ އެއް ވަސީލަތްވެސް މެއެވެ. ނަމަވެސް ކުރީގެ ސަރުކާރުތަކުގައި މި ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެދެވޭ މަސައްކަތްތަކެއް ކޮށްފައިނުވެއެވެ. މި ސަރުކާރުން މަސްވެރިކަމުގެ ދާއިރާއަށް އައު އުންމީދުތަކެއް ގެނެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަސްވެރިކަން ރާއްޖޭގެ ހަޤީޤީ ލޭނާރަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
މިގޮތުން، މަސް ކިރާ ވަގުތުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައި، ކުރިން ނުދީހުރި 250 މިލިއަން ރުފިޔާގެ ބެކްލޮގްވެސް ސާފުކޮށްފައިވެއެވެ. މަސް ގަންނަ ކާރުޚާނާތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ދެކުނުގައި މަސް ބަންދުކުރާ ކާރުހާނާއަކާއި އުތުރުގައި މަސް ގަންނަ ފެސިލިޓީއެއް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ 25000 ޓަނަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މާލީ ނިޒާމުގެ ތެރެއިންވެސް މަސްވެރިންނަށް އެތައް ފުރުސަތުތަކެއް ވަނީ ހުޅުވާލާފައެވެ. މަސްވެރިކަމުގެ ދަފްތަރެއް އެކުލަވާލައި، ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސްއިން ލޯނު ދޫކުރުމުގެ އިތުރުން ފަރުމަހުގެ މަސްވެރިކަމަށާއި، ދޯނިފަހަރުގައި އާރު.އެސް.ޑަބްލިއު ސިސްޓަމް ހަރުކުރުމަށްވެސް ލޯނު ދޫކުރަމުންދެއެވެ. އަދި 1 ނޮވެމްބަރުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދީ، އޭގެ ޤަވާއިދުތައް އާންމުކޮށްފައިވެއެވެ.
މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތު ކުރުމަށް ފަރުމަސްވެރިކަން ތަރައްޤީކޮށް، އެކުއަކަލްޗަރ އާއި މެރިކަލްޗަރ ފަދަ އާ ސިނާޢަތްތައް ތަރައްޤީ ކުރަމުންދެއެވެ. މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން (ސްޕޯޓްސް ފިޝިން) ތަރައްޤީ ކުރުމަށްވެސް މަސައްކަތް ކުރެވެއެވެ. މި ސަރުކާރުން ވަނީ މަސްވެރިކަމުގެ ހުރިހާ ދޮރެއް ހުޅުވާލައި، މަސްވެރިންނަކީ ދައުލަތް ދަންނަ، އިޤްތިޞާދަށް ބޮޑު އެހީއެއް ފޯރުކޮށްދޭ ބަޔަކަށް ހަދާދީފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
