
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިއަހަރުގެ މަސްވެރިންގެ ދުވަސް، މަސްވެރިންނަށް ކުލަގަދަ ޢީދަކަށް ވެގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ޢަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޤައުމީ ފެންވަރުގައި ރ. ދުވާފަރުގައި ފާހަގަކުރާ މި ދުވަސް، ތިން ދުވަހުގެ ގިނަ ހަރަކާތްތަކަކާއެކު ކުރިއަށްދާނެއެވެ. ވަޒީރު ޝިޔާމް މިހާރު ވަނީ މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދުވާފަރަށް ވަޑައިގެންފައެވެ.
ދުވާފަރު ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމާއެކު ކުރިއަށްދާ މި ހަރަކާތްތަކުގެ ތެރެއިން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި، ބޭރުގެ އެންމެ ގިނަ ޑިޕްލޮމެޓުންނާއި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ލަފާކުރެވެއެވެ.
ޑިސެންބަރު 10 އިން 13 އަށް ދުވާފަރުގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައި މަސްވެރިންގެ ގުންޒަރާއި ކާބޯތަކެތީގެ މަޢުރަޒާއި މަސް ރޭހާއި ކުޑަކުދިންގެ ހަވީރާއި މަސް ކެނޑުމުގެ މުބާރާތާއި ރަހަވަރު ކެއްކުމުގެ މުބާރާތާއި މަސްވެރިންގެ ދުވަހުގެ ޖަލްސާ ހިމެނެއެވެ. ދުވާފަރު ދާއިރާގެ މެންބަރާއި ކައުންސިލް އަދި ރައްޔިތުންގެ އެއްބާރުލުމާއެކު ކުރިއަށްދާ މި ހަރަކާތްތަކާއެކު، މިއަހަރުގެ މަސްވެރިންގެ ދުވަހަކީ ހަޤީޤަތުގައިވެސް ކުލަގަދަ ޢީދަކަށް ވެގެންދާނެ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ މަސްވެރިންގެ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެ ސިނާޢަތަށް ހިތްވަރު ދިނުމުގެ ގޮތުން ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. މިއީ ފާހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަހެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
