
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އޮސްޓްރޭލިޔާގައި ޢުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރަން ނިންމި ނިންމުން ތަންފީޒުކޮށްފިއެވެ. ޓިކްޓޮކާއި ޔޫޓިއުބާއި އިންސްޓަގްރާމްއާއި ފޭސްބުކް ހިމެނޭ ގޮތަށް ޢާންމުންގެ މެދުގައި އެންމެ މަޤުބޫލު މީސްމީޑިޔާގެ ދިހަ މަންސަ ކުޑަކުދިންނަށް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް އޮސްޓްރޭލިޔާއިން ވަނީ އެ ކުންފުނިތަކަށް އަންގައިފައެވެ. އެ ގޮތަށް ޢަމަލުނުކޮށްފި ނަމަ 33 މިލިޔަން އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު އެ ޤައުމުގެ ސަރުކާރުން ވަނީ ދީފައެވެ. އެ މަންސަތައް ބޭނުންކުރާ ފަރާތްތަކުގެ ޢުމުރު ޔަޤީން ކުރުމަށް ތަފާތު އުކުޅުތައް ބޭނުންކުރަން އެ ކުންފުނިތަކަށް ވަނީ އަންގައިފައެވެ.
އޮސްޓްރޭލިޔާގެ ސަރުކާރުން ބުނީ ކުޑަކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރުމަށް ނިންނީ އިންޓަނެޓުގެ ޒަރިއްޔާއިން ހުށަހެޅޭ ނުރައްކާތަކުން އެ ކުދިން ރައްކާތެރިކުރުމަށް ކަމަށެވެ. އެ ޤައުމުގެ ބެލެނިވެރިންނާއި ކުޑަކުދިންގެ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވަނީ ސަރުކާރުގެ ނިންމުން ބަލައިގަނެ އެ ކަމަށް މަރުޙަބާ ކިޔައިފައެވެ. ނަމަވެސް ޓެކްނޮލޮޖީ ކުންފުނިތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ދަނީ މި ނިންމުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އޮސްޓްރޭޭލިޔާގެ މި ނިންމުން ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެއެވެ. އެ ގޮތުން ޢުމުރު ޔަޤީންކުރުމަކީ ފަސޭހަ ކަމަށް ނުވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ފޭކު އައިޑީއާއި ވީޕީއެން ބޭނުންކޮށްގެން އުމުރު އޮޅުވާލުމަކީ އުނދަގޫ ކަމަށް ނުވާނެ ކަމަށާއި މީސްމީޑިޔާގެ ތަފާތު އެހެން ވަސީލަތްތައް ބޭނުންކޮށްގެން ކުޑަކުދިންނަށް އަދިވެސް މީސްމީޑިޔާ ބޭނުންކުރެވިދާނެ ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
އޮސްޓްރޭލިޔާގެ މި ނިންމުމާއެކު އެ ޤައުމުން ކުރާ ތަޖުރިބާއާއި ހޯދާ ކާމިޔާބީގެ މައްޗަށް ބަލައި، އެހެން ޤައުމުތަކުން ވެސް މި ފަދަ ފިޔަވަޅެއް އެޅުން އެކަށީގެންވެއެވެ. އެ ގޮތުން ޑެންމާކްއާއި ނިއުޒީލެންޑާއި މެލޭޝިޔާއިން މި ފަދަ ފިޔަވަޅެއް އެޅުމަށް ޝައުޤުވެރިވާ ކަމަށް އެނގިފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
