
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެއްބަސްވުމެއްގެ ދަށުން ޣައްޒާ ހަނގުރާމަ ހުއްޓައިލި ފަހުން އެ ސަހަރުގެ ހަސްފަތާލުތަކުގައި އެނދުމަތިކޮށްގެން އެތައް ހާސް ކުޑަކުދިންނަކަށް ކާޑުބައްޔަށް ފަރުވާދެމުންދާ ކަމަށް އދގެ ކުޑަކުދިންނާ ބެހޭ ފަންޑު، ޔުނިސެފުން ބުނެފިއެވެ. ޣައްޒާގައި ކާޑުބަލިޖެހިފައިވާ ކުދިންނަށް ފަރުވާ ދިނުމުގައި އެންމެ އިސް ދައުރެއް ޢަދާކުރަނީ ޔުނިސެފުންނެވެ. އެ އިދާރާއިން ބުނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ކާޑުބަލީގެ އެންމެ ގޯސް މަރުހަލާ ތަޙައްމަލު ކުރަމުންދާ 9،300 ކުޑަކުދިންނަށް ފަރުވާދީފައިވާ ކަމަށެވެ. އެއީ އެމެރިކާގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި ފަހުން ފަރުވާދޭން ފަށާފައިވާ ކުދިންނެވެ.
މި ޢަދަދަކީ މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ކާޑު ބައްޔަށް ފަރުވާ ދީފައިވާ ކުޑަކުދިންގެ ޢަދަދަށްވުރެ މަދު ޢަދަދެކެވެ. އޮގަސްޓު މަހުގެ ތެރޭގައި 14،000 ކުދިންނަށް ފަރުވާ ދީފައިވެއެވެ. ނަމަވެސް އޮކްޓޯބަރު މަހުގެ ޢަދަދަކީ މި އަހަރުގެ ކުރީކޮޅު ޣައްޒާގައި ވަގުތީ ގޮތުން ޙަމަލާ ބަދަލުކުރުން ހުއްޓައިލި ދުވަސްވަރާ އަޅާބަލައި އިރު ބޮޑުތަނުން އިތުރު ޢަދަދެކެވެ. ޔުނިސެފްގެ ތަރުޖަމާނު، ޓެސް އިންގްރާމް ވަނީ އޮކްޓޯބަރު މަހުގެ ޢަދަދަކީ ހައިރާންވާން ޖެހޭހާ މަތީ ޢަދަދެއް ކަމަށް ފާހަގަކުރައްވައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ އޮކްޓޯބަރު މަހުގެ ތެރޭގައި އެނދުމަތިކޮށްފައިވާ ކުދިންގެ ޢަދަދު މި އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލައި އިރު ފަސްގުނަ އިތުރު ކަމަށެވެ. އެއިން ދޭހަކޮށްދެނީ ޣައްޒާއަށް އެހީގެ ސާމާނު ވަންނަ މިންވަރު އަދިވެސް ނުފުދޭކަން ކަމަށް އޭނާ ވިދާޅުވިއެވެ.
އިންގްރަމް އިތުރަށް ވިދާޅުވީ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެ ޖަމާޢަތުން ޣައްޒާއަށް އެތެރެކުރަމުން ދިޔަ އެހީގެ މިންވަރަށްވުރެ މިހާރު އެތެރެކުރެވޭ އެހީގެ މިންވަރު އިތުރު ކަމަށެވެ. ނަމަވެސް އަދިވެސް ގޮންޖެހުންތައް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެހީ ވެއްދުމަށް ކަނޑައަޅާފައިވާ މަގުތަކުން ސާމާނު އެތެރެނުކުރެވުމާއި މަގުތައް ބަންދުކުރުމުގެ އިތުރުން ސަލާމަތީ ގޮންޖެހުންތައް އަދިވެސް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާއަށް އެހީ ވެއްދޭނެ ހުރިހާ މަގުތައް ހުޅުވައިލުމަށް ވެސް އޭނާ ގޮވާލައްވާފައިވެއެވެ.
މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އދއާ ގުޅުންހުރި ބަނޑުހައިހޫނުކަން ވަޒަންކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން ވަނީ ޣައްޒާގެ އާބާދީގެ ހަތަރުބައި ކުޅަ އެއްބައި ނުވަތަ ބައި މިލިޔަނެއްހާ މީހުންގެ މެދުގައި ޢާންމުވެގެންވާ ބަނޑުހައިހޫނު ކަމުގެ ޙާލަތެއް ފެތުރިފައިވާ ކަމަށް ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
