
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދެކުނު އޭޝިޔާގެ ސަރަޙައްދުގައި އުފެދުނު ބާރުގަދަ ތޫފާން، ދީތުވާގެ ސަބަބުން ސްރީ ލަންކާގެ މައި ސިނާއަތްތަކަށް ލިބިފައިވާ ގެއްލުންތަކާއެކު އިޤްތިޞާދު ކޮޅަށްޖެހުމަށް ކުރަމުން އައި މަސައްކަތްތައް މަޑުޖެހި، ފަޤީރުންގެ ނިސްބަތް އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް އެ ޤައުމުގެ ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވެއްޖެއެވެ. ސްރީ ލަންކާގެ ސަރަޙައްދުތަކަށް ދިތުވާ އަރާފައި ވަނީ ނޮވެންބަރު 28ވަނަ ދުވަހުއެވެ. އެ ތޫފާނާ ގުޅިގެން އެ ޤައުމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދަކަށް ފެންބޮޑުވުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި، ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 635 އަށް އަރާފައިވާއިރު، ތޫފާނާ ގުޅިގެން ސްރީ ލަންކާގެ އާބާދީގެ 10 އިންސައްތަ މީހުންނަށް އަސަރު ކޮށްފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރެއެވެ. އެ ގެއްލުންތަކުން އަރައިގަންނަން ހަތް ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް އޮފިޝަލުން ލަފާކުރައްވައެވެ.
މީގެ ތިން އަހަރު ކުރިން، ސްރީ ލަންކާއަށް ކުރިމަތިވި އިޤްތިޞާދީ ކާރިސާގެ ސަބަބުން، 22 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ފަޤީރުންގެ ނިސްބަތް 22 ޕަސެންޓަށް އުފުލުނެވެ. ނަމަވެސް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ދިން 2.9 ބިލިއަން ޑޮލަރުގެ ލޯނު އެހީ އާއެކު، މި އަހަރު އިޤްތިޞާދީ ކުރިއެރުން ހުރީ 4.5 އިންސައްތައިގައެވެ. ނަމަވެސް، ތޫފާނުގެ ސަބަބުން އަންނަ އަހަރުގެ އިޤްތިޞާދީ ކުރިއެރުން ތިން އިންސައްތައަށް މަޑުޖެހެނޭކަމަށް ކަމާގުޅޭ މާހިރުން ވަނީ ލަފާކުރައްވައިފައެވެ.
ތޫފާނުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ސްރީ ލަންކާގެ ސަރުކާރުން ވަނީ 200 މިލިއަން އެމެރިކާ ޑޮލަރު ހޯދަން އައިއެމްއެފްގައި އެދިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
