
(ފޮޓޯ ކްރެޑިޓްސް: އިސްލާމިކް މިނިސްޓްރީ)
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޒަކާތު ފަންޑުން އިންވެސްޓްކޮށް، ދާއިމީކޮށް ފަންޑަށް ފައިސާ އިތުރުކުރެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. މުޅި ރާއްޖެއަށް ޚާއްސަ ޒަކާތާ ބެހޭ ޤާނޫނެއް ފުރަތަމަ ފަހަރަށް ތަސްދީޤުކުރެވިފައިވާއިރު، މި ޤާނޫނުގައިވަނީ ޒަކާތު ފަންޑުގެ ފައިސާ، އިސްލާމީ ޝަރީޢަތާއި ޤާނޫނު ހުއްދަ ކުރާ ގޮތެއްގެ މަތިން އިންވެސްޓްކުރެވިދާނެކަމަށް ބަޔާންކޮށްފައެވެ. ނަމަވެސް އެކަން ލާޒިމު ނުކުރެއެވެ.
ވަޒީރު ވިދާޅުވީ، ޒަކާތުގެ ބެހެނިވެރިންގެ ބޭނުންތައް އިތުރުވެފައިވާތީ، ލިބޭ މިންވަރަށް ވުރެ ބޭނުންވާ މިންވަރު ގިނަ ކަމަށެވެ. އެހެންކަމުން، ޒަކާތުގެ މަންފާ ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށްޓަކައި، ފަންޑުން އިންވެސްޓްކުރުމުގެ ވިސްނުން ސަރުކާރުގެ އެބަހުރި ކަމަށާއި، އެކަން ކުރާނީ ބެހެނިވެރިންގެ ޙާޖަތްތަކަށް އެއްވެސް އުނިކަމެއް ނާންނަ ގޮތަށް ކަމަށެވެ. ފިޤްހު އެކަޑަމީތަކާއި ފަތުވާ ކައުންސިލްތަކުގެ ދިރާސާތަކަށް ބުރަވެފައިވާ މި ކަމުގެ ސަބަބުން، ޒަކާތު ހައުސްއަކީ ދިވެހިން ފަޚުރުވެރިވާފަދަ މުވައްސަސާއަކަށް ވާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
މިދިޔަ ދެ އަހަރަކީ ރާއްޖެއަށް ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ޖަމާވި ދެ އަހަރު ކަމަށް ވެއެވެ. މިދިޔަ އަހަރު އެކަނިވެސް ފަންޑަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރެވުނެވެ. ޖެނުއަރީ 1 އިން ފެށިގެން އަމަލުކުރަން ފަށާފައިވާ ޒަކާތު ޤާނޫނުގެ މަޤުސަދަކީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ދެފުށް ފެންނަ އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ނިޒާމަކަށް ހެދުމެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
