
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ މޯލްޑިވްސް 2.0އާއި ޑޭޓާ ޕްރޮޓެކްޝަން ހިމެނޭހެން ފަންނިއްޔާތުގެ އެކި ދާއިރާތަކާ ބެހޭ ގިނަ ޤާނޫނުތަކެއް ހަދައި މަޖިލީހަށް ހުށައެޅުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. މިކަން ހާމަކުރެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެޕްލިކޭޝަން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތެއްގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތުގައި ހިމެނެނީ ޑިޖިޓަލް އައިޑެންޓިޓީއެއް ޤާއިމުކުރުމާއި ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ އިތުރުން އެކި އިދާރާތަކުގެ ޕޯޓަލްތަކާއި އެޕްލިކޭޝަންތައް ގުޅުވާލުމެވެ. މިހާރުގެ އެންމެ ބޮޑު ގޮންޖެހުމަކީ އިދާރާތަކުގެ ސިސްޓަމްތައް އެއްވެސް ގުޅުމެއްނެތި ހުރުން ކަމަށް ޑރ. ކިނާނަތު ފާހަގަކުރެއްވިއެވެ. ނަމަވެސް މައުލޫމާތު ބަދަލުކުރެވެން ފެށުމުން ޚިދުމަތްތައް އަވަސްވެ، ޑޭޓާގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ މުހިންމުކަން އެބައޮތެވެ.
ރާއްޖޭގައި ފަންނިއްޔާތާ ގުޅުންހުރި ގިނަ ޤާނޫނުތަކެއް ހަދަންޖެހޭކަން ފާހަގަކުރައްވައި ޑރ. ކިނާނަތު ވިދާޅުވީ، ސައިބަރ ސެކިއުރިޓީއާއި ޑޭޓާ ޕްރޮޓެކްޝަން ޤާނޫނުގެ ޑްރާފްޓް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި ޑިޖިޓަލް އައިޑީގެ ޤާނޫނަކާއި މޯލްޑިވްސް 2.0ގެ ޤާނޫނެއްގެ އިތުރުން އާޓިފިޝަލް އިންޓަލެޖެންސްއާ ބެހޭ ޤާނޫނެއްވެސް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މިއަހަރުގެ މެއި މަހު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކުރެއްވި ތިން އަހަރުގެ “މޯލްޑިވްސް 2.0” މަޝްރޫޢުގެ ދަށުން، ސަރުކާރުން މިހާރަށްވުރެ “ސްމާޓް”ކޮށް، ހަލުވި ޚިދުމަތް ދިނުމަށާއި ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިންގުން ބަދަލުކުރުމަށް މަގުފަހިވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
