
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޖިނާއީ ތަޙުޤީޤެއްގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔެކިޔުންތަކެއް ޑިލީޓްކުރި މައްސަލާގައި ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައި ނުވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ. ފަޒުލްގެ އިތުރުން އެޗްޑީސީގެ ކުރީގެ އައިޓީ ހެޑް ޢަބްދުﷲ ޝުހޫދުގެ މައްޗަށް ވަނީ ޖިނާއީ ތަޙުޤީޤެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސަރވަރގެ ތެރެއިން ޑިލީޓްކޮށްލާފައިވާތީ، ޢަދުލު އިންޞާފު ޤާޢިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތު އުފުލާފައެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗްޑީސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑޭޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ތަޙުޤީޤު ރިޕޯޓުގައި އިބްރާހީމް ފަޒުލް ރަޝީދާއި ޢަބްދުالله ޝުހޫދު، އެޗް.ޑީ.ސީގެ ސަރވަރ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަޙުޤީޤަށް ހޯދިފައިނުވާކަމަށް ވެސް ބަޔާންކޮށްފައިވާކަމަށް ޕީޖީން ވިދާޅުވިއެވެ. އެހެންކަމުން އިބްރާހީމް ފަޒުލް ރަޝީދާއި ޢަބްދުالله ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމުގެ ތުހުމަތު ފަޒުލްގެ މައްޗަށް އަންނަނީ ކުރަމުންނެވެ. އެގޮތުން ފަޒުލްގެ ބޭބެއާއި އިތުރު ބަޔަކަށް ބިންވެރިޔާ ސްކީމްގެ އުސޫލުގެ ބޭރުން ގޯތި ދޫކޮށްފައިވާކަމުގެ ތުހުމަތުކުރެއެވެ. މި މައްސަލައިގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ދަނީ ކުރަމުންނެވެ.
މިމައްސަލަ ފެންމަތިވި ހިސާބުން އެޗްޑީސީގެ ޗެއަރމަން ފިޔަވައި ފަޒުލް ރަޝީދު ހިމެނޭހެން ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑުކުރިއެވެ. އަދި ފަޒުލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފައިވެއެވެ. ސަސްޕެންޑްކޮށްފައި ހުއްޓާ މަޤާމުން ފަޒުލް އިސްތިއުފާދެއްވީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މި މައްސަލާގައި އެޗްޑީސީގެ އިތުރު ބައެއް މުވައްޒަފުންވެސް ވަޒީފާއިން ވަކިކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން...
