
ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް އެޓީމުގައި ކުރިމަގުގައި ކުޅޭނެކަން ކޯޗު އާނޭ ސްލޮޓަށް ޔަގީނެއް ނޫން ކަމަށް ބުނެފިއެވެ. ސަލާހް ދިން އިންޓަވިއުއަކާ ގުޅިގެން ޗެމްޕިއަންސް ލީގުގައި އިންޓަމިލާނާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ޓީމުން ބާކީ ކުރުމަށްފަހު ވާހަކަ ދައްކަމުން ސްލޮޓް ބުނީ، ސަލާހްގެ ވާހަކަތައް ގަބޫލުނުކުރާ ކަމަށާއި، ކުޅުންތެރިޔާގެ އަމަލާ ގުޅިގެން ފިޔަވަޅު އެޅި ކަމަށެވެ. އަދި، މިހާލަތުގައި އޭނާ ޓީމަށް ނުނެގުން އެންމެ ރަނގަޅު ކަމަށް ވެސް ސްލޮޓް ފާހަގަކުރިއެވެ.
ލިވަޕޫލްގެ ގޯލްކީޕަރު އަލިސަން ބެކާ ބުނީ، މިކަމުގެ ސަބަބުން ޓީމު ތެރޭގައި ދެބަސްވުންތަކެއް އޮވެދާނެ ކަމަށާއި، ނަމަވެސް ކޯޗަށް ކުޅުންތެރިންގެ އިތުބާރު އެބައޮތް ކަމަށެވެ. އޭނާ އިތުރަށް ބުނީ، ޔާގެން ކްލޮޕަށް ފަހު ސްލޮޓް ކޯޗަކަށް އަންނަން އުޅުނުއިރު ތަފާތު ވިސްނުންތައް ހުރި ނަމަވެސް، މިދިޔަ ސީޒަންގައި ޕްރެމިއާ ލީގު ކާމިޔާބު ކުރުމާއެކު ސްލޮޓަކީ އެންމެން ގަބޫލުކުރާ ކޯޗެއް ކަމަށެވެ. އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި މެޗުގެ ކުރިން ސްލޮޓަށް ކުރިމަތިވި ސުވާލުތަކަކީ އޭނާގެ ހަޔާތުގައި ވެސް ދުވަހަކު ވެސް ކުރިމަތިވި އެންމެ އުނދަގޫ ސުވާލުތަކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
