
ތަޖުރިބާކާރު މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އީގަލްސް އަށް އަދި މިޑްފީލްޑަރު މުހައްމަދު ފާސިރު (ފާއްޓޭ) ނިއުރޭޑިއަންޓަށް ކުޅެން ސޮއިކޮށްފި އެވެ. ކުރިން ނިއު އާއި ވެލެންސިއާ އަށް ވެސް ކުޅުނު ބޮންޑާ ކުޅުން ހުއްޓާލައިގެން ހުރުމަށްފަހު އަލުން ދަނޑުން ފެނުނީ ހުސްވި އަހަރު ބޭއްވި ގޯލްޑް ކަޕުގައި އޭނާގެ އުފަން އަތޮޅު އައްޑޫ ސިޓީގެ ޓީމުންނެވެ. ބޮންޑާ އީގަލްސް އަށް ސީޒަނުގެ ފަހު ބައިގައި ކުޅެން ނިންމިއިރު އެ ޓީމުގެ ކޯޗަކީ އޭނާގެ ގާތް ރަހުމަތްތެރިޔާ ކުރީގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.
އޭނާ އީގަލްސް އަށް ބަދަލުވިއިރު އެ ޓީމުގެ އުއްމީދު ފޯވަޑް އަހުމަދު ރިޒްވާން (ރިޒޭ) ވަނީ ނިއު އަށް ބަދަލުވެފަ އެވެ. އޭނާ އަކީ ސީޒަނުގެ ފަހު ބަޔަށް ނިއު ވަރުގަދަ ކުރަން ގެންދިޔަ ތިން ކުޅުންތެރިންގެ ތެރެއިން ފުރަތަމަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ގައުމީ ޓީމާއި ބުރުގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ގެންގޮސްފަ އެވެ. އެންމެ ފަހުން ގެންދިޔައީ ފުޓްސަލް ގައުމީ ޓީމުގައި ހިމެނޭ އޭދަފުށީ މިޑްފީލްޑަރު މުހައްމަދު ފާސިރެވެ. އޭނާ އަކީ ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ)ގެ ބޭބެ އެވެ. އަދި އޭނާ އަކީ މިދިޔަ އަހަރު ބޭއްވި ގޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސްމެ އެވެ.
ދެ ވަނަ ބުރުގައި ނިއު ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ވެލެންސިއާއާ އެވެ މި މެޗު އޮންނާނީ ބުރާސްފަތި ދުވަހު ހަވީރު އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
