
ލިވަޕޫލްގެ ކޯޗާއި އެއްކޮށް ގުޅުން ކެނޑިއްޖެ ކަމަށް ބުނެ އިންޓަވިއު ދިނުމާ ގުޅިގެން ފޯވަޑް މުހައްމަދު ސަލާހް ލިވަޕޫލް ޓީމުން ބާކީކޮށްފި އެވެ. ޗެމްޕިއަންސް ލީގުގައި އިޓަލީގެ އިންޓަމިލާނާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް ލިވަޕޫލް ފުރީ އޭނާ ނުލަ އެވެ. އަދި އިނގިރޭސި ޕްރެމިއާ ލީގުގައި މި ހަފުތާ ބަންދުފގައި ކުޅޭ މެޗުގައި ސަލާހް ޓީމަށް ނުނަގާނެ ކަމަށްވެ އެވެ. މިހެންވެއްޖެނަމަ އޭނާ އެފްރިކާ ކަޕް ކުޅެން ފުރާނީ ލިވަޕޫލްގެ ޖާޒީގައި ސަޕޯޓަރުންނާ ބައްދަލުނުވެ އެވެ. އޭނާ ދިން އިންޓަވިއުގައި ބުނީ ހޮނިހިރު ދުވަހު ލިވަޕޫލްގެ ދަނޑަށް ދާނީ ސަޕޯޓަރުންނަށް ވަދާއީ ސަލާމް ކުރަން ކަމަށާއި މިހާރު ކަންކަން އޮތް ގޮތުން އެންމެ ރަނގަޅުވާނީ އޭނާ ކުލަބުން ދޫކޮށް ދިއުން ކަމަށެވެ.
ލިވަޕޫލްގެ ތާރީހުގައި އެ ކުލަބަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ ހިތްހަމަ ނުޖެހުނީ ފާއިތުވެދިޔަ ދެ މެޗުގައި ވެސް އޭނާ ބެންޗުގައި ބޭންދުމުންނެވެ. ސަލާހް ބުނެފައިވަނީ ކަންކަން ރަނގަޅު ކުރަން ކޯޗާއި ލިވަޕޫލްގެ މެނޭޖްމަންޓާ ވެސް ވާހަކަ ދެކެވިއްޖެ ކަމަށެވެ. އަދި ކުލަބުން އޭނާ ބާކީކޮށްލައިފި ކަމަށާއި ކޯޗާ ވެސް ގުޅުމެއް ނެތް ކަމަށެވެ. އިނގިރޭސި ގިނަ މީޑިއާތަކުން ބުނަނީ މިހާރު ކަންކަން އޮތް ގޮތުން ސަލާހަށް ލިވަޕޫލްގައި ދެން ކުޅެން ފުރުސަތު ނުލިބޭނެ ކަމަށެވެ. އަދި އޭނާގެ އިންޓަވިއުއަކީ ލިވަޕޫލްގެ ގިނަ ކުޅުންތެރިންނަށް ހައިރާންކަން ލިބުނު ކަމެއް ނޫން ކަމަށާއި އޭނާ އެކަން އެގޮތަށް ކުރާނެކަން ގިނަ ކުޅުންތެރިންނަށް މާކުރިން ވެސް އެނގޭ ކަމަށެވެ. އިނގިރޭސި ޕްރެމިއާ ލީގުގައި 3-3އިން ލީޑްސްއާ ކުޅެ ލިވަޕޫލް އެއްވަރުވި މެޗުގައި ސަލާހް އިނީ ބެންޗުގަ އެވެ. މިއީ ވިދިވިދިގެން އޭނާ ބެންޗުގައި އިން ތިން ވަނަ މެޗެވެ.
“އަހަރެންނަކަށް ނޭނގެ އަހަރެންނަށް މިހެން ހަދަންވީ ސަބަބެއް. ކޯޗާ އެއްކޮށް ކުޅުން ކެނޑިއްޖެ. ކުރިން ވަރަށް ގާތް ގުޅުމެއް އޮތް. މިހާރު އެއްކޮށް ގުޅުން ކެނޑިއްޖެ. އަހަރެންނަށް (ލީޑްސް) މެޗަށް އައިއިރު ވެސް އަހަރެންނަށް އެނގޭ އަހަރެން ނާރުވާނެކަން. އަހަރެންނަށް ނުވިސްނޭ މިހެން ހަދަންވީ ސަބަބެއް. ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭ މީހަކަށް މިވަނީ އަހަރެން. އަހަރެންނަށް އިހުސާސް ކުރެވެނީ ކުލަބުން އަހަރެން ބަހުގެ ދަށަށް އެއްލާލައިފިހެން. ކޮންމެވެސް މީހަކު ބޭނުންވަނީ މިހާރު އަހަރެން މި ކުލަބުން ދާން،” ސަލާހް މެޗަށް ފަހު ބުންޏެވެ. ހުސްވި ސީޒަނުގެ ޕްރެމިއާ ލީގުގެ ރަންބޫޓާއި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިޔާ ބުނީ ކޮންމެ ދުވަހަކު ފުރަތަމަ 11އިން ޖާގަ ހޯދަން އޭނާ ވާދަކުރަން ނުޖެހޭނެ ކަމަށެވެ.
“އަހަރެން ސާބިތުކޮށްދީފިން އަހަރެންގެ މަގާމު. މިހެންވީމާ ކޮންމެ ދުވަހަކު އަހަރެން ނުޖެހޭނެ ވާދަ ކުރާކަށް. އެއީ އަހަރެން ގަބޫލު ކުރާ ގޮތް. އެކަމަކު މިހާރު ކޮންމެވެސް މީހަކު ބޭނުންވަނީ އަހަރެން ކުލަބުން ދާން،” ސަލާހް ބުންޏެވެ.
ލިވަޕޫލާއެކު މިދިޔަ ސީޒަނަށް ފަހު ކޮންޓްރެކްޓް އާ ކުރި 33 އަހަރުގެ ފޯވަޑް ބުނީ އެކަން ކުރުމަކުން އޭނާ ދެރަ ނުވާ ކަމަށާއި ނަމަވެސް މިހާރު ބާކީކުރާކަން އިހުސާސްވެއްޖެ ކަމަށެވެ. “އަހަރެން މި ކުލަބުގެ ކޮންޓްރެކްޓް އާކޮށްގެން ދެރައެއްނުވޭ. އަހަރެން ދެރަވަނީ އަހަރެންނާމެދު ކަންތައްތައް ކުރާ ގޮތުން. އަހަރެން ކުލަބާ ގުޅުން ރަނގަޅު ކުރަން ވަރަށް މަސައްކަތް ކޮށްފިން. ކޯޗާ ވެސް އެތައް ފަހަރަކު ވާހަކަ ދައްކައިފިން. އެކަމަކު ދެން މިކަމެއް ނުވާނެ. އަހަރެންނަށް މިދިޔަ ސީޒަނަށް ފަހު ވީ ވައުދުތައް ކޮންމެވެސް މީހަކު ހަނދާން ނައްތާލައިފި. އަހަރެންނަކި ޕްރެމިއާ ލީގުގެ ރަންބޫޓޫ ހޯދި މީހާ. އެންމެ މޮޅު ކުޅުންތެރިޔާ. އަދި މި މަގާމުގައި ހުރީ އަހަރެން. އެކަމަކު ކަންތައްތައް މިހާރު މި ކުރާ ގޮތުން ވަރަށް މާޔޫސްވެއްޖެ،” ސަލާހް ބުންޏެވެ.
ސައޫދީ އަރަބިއާގެ ކުލަބުތަކުން ސަލާހް ގެންދަން ބޭނުންވެ އެވެ. ނަމަވެސް އޭނާ ބުނީ މިކަމާ މެދު ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި އުއްމީދު ކުރީ ލިވަޕޫލްގައި ރިޓަޔާކުރަން ނަމަވެސް ބޭނުންވާ ހުރިހާ ކަމެއްވެސް ނުވާނެ ކަމަށެވެ. އަދި އޭނާ ވަނީ ލިވަޕޫލްގެ ލެޖެންޑް އަދި މިހާރު ޓީވީ އެނަލިސްޓް ޖެމައިން ކޮންމެ މެޗަށްފަހު އޭނާ އަށް ފާޑުކިޔާތީވެ އެއީ ވެސް ލިވަޕޫލުން އޭނާއާ ދެކޮޅަށް ކުރުވާ ކަމެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
