
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ލަޠީފް ވިދާޅުވީ، ރާއްޖެއަށް ސަރަހައްދީ ފުރަތަމަ ރަން މެޑަލް ގެނެސްދޭނެކަމަށް ގަބޫލުކުރައްވަނީ ގައުމީ އަންހެން ވޮލީ ޓީމު ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ވޮލީ ކުޅޭ އަންހެނުންގެ އަދަދު ފިރިހެނުންނަށްވުރެ ގިނައެވެ. އަދި އަތޮޅުތެރެއިންވެސް މި ކުޅިވަރަށް އަންހެނުންގެ ފޯރި ބޮޑެވެ. ވީއޭއެމްއިން މިދިޔަ އަހަރު އަންހެން ކޯޗުން ތަމްރީނުކުރުމާއި ކުޅުންތެރިންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށްވެސް ލަޠީފް ވިދާޅުވިއެވެ.
ނަމަވެސް، މިދިޔަ އަހަރު ވީއޭއެމްއިން އުންމީދުކުރި ނަތީޖާތަކެއް ހާސިލުނުވާކަން ފާހަގަކުރައްވައި ލަޠީފް ވިދާޅުވީ، މައްސަލައަކީ ކުޅުންތެރިންގެ ކަމެއް ނޫން ކަމަށެވެ. އެއީ ގައުމީ ޓީމު ހިންގުމުގައި އެސޯސިއޭޝަނަށް ދިމާވި ގޮންޖެހުންތަކެއް ކަމަށާއި، އެކަންކަން ހައްލުކޮށް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިސްލާހީ ފިޔަވަޅުތައް އަޅާއިރު، ބައެއް ފަހަރު ކުޅުންތެރިންނާއި ކޯޗުންގެ ހިތްހަމަނުޖެހުން އަމާޒުވާ ކަމަށާއި، މިފަދަ ހާލަތްތަކުގައި ސީދާ އެސޯސިއޭޝަނާ ގުޅައިގެން ހަގީގަތް ބެއްލެވުމަށް ލަޠީފް އެދިވަޑައިގަތެވެ. ވޮލީ އާއިލާ ގުޅިގެން މަސައްކަތްކޮށްގެން ނޫނީ މި ކުޅިވަރު ކުރިއެއް ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވީއޭއެމްއިން އަބަދުވެސް ކުޅުންތެރިންނާއެކު ދެމިތިބޭނެ ކަމަށާއި، އެއްވެސް ކުޅުންތެރިއެއްގެ ކެރިއަރަށް ދެރައެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ލަޠީފް ދެއްވިއެވެ. އަދި ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި އެ ފިޔަވަޅު އަޅަނީވެސް ކުޅުންތެރިން އަނބުރާ ވޮލީގެ ތެރެއަށް ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
