
(ފޮޓޯ ކްރެޑިޓްސް: ސީބީއެމް)
ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ މިއަހަރުގެ އެންމެ ބޮޑު އެއްކާމިޔާބީއަކީ ކަލަންޑަރާއި އެއްގޮތަށް މުބާރާތްތައް ނިންމާލެވުންކަމަށް އެ އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަޙުމަދު ޙުސައިން ވިދާޅުވެއްޖެއެވެ. ސީބީއެމްގެ މިއަހަރުގެ ކާމިޔާބީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން އަޙުމަދު ވިދާޅުވީ އެސޯސިއޭޝަނުގެ ކަންކަން މިއަހަރު ކުރިއަށް ދިޔަ ގޮތާއި މެދު ހިތްހަމަޖެހޭކަމަށެވެ. އެގޮތުން މާލެއާއި އަތޮޅު ތެރޭގައި މުބާރާތްތައް ކުރިއަށް ގެންގޮސްފަވާއިރު ރޭވިގޮތާއި އެއްގޮތަށް ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމީ ޓީމުތަކުން ބައިވެރިވެ ރަނގަޅު ތަޖުރިބާތަކެއް ހޯދިކަން އޭނާ ފާހަގަކުރެއްވިއެވެ.
“އެންމެ ބޮޑު ކާމިޔާބީއަކީ ލޯކަލީ ދަންނަވާކަމަށްވަންޏާ އަޅުގަނޑުމެންގެ ކަލަންޑަރުގަ ހުރި ހުރިހާ މުބާރާތްތަކެއް ކުރިއަށް މިގެންދެވުނީ. މާލެއާއި އޭގެ އިތުރުން ފުވައްމުލަކުގަޔާއި ކުނަހަންދޫގަ ލޯކަލް މުބާރާތްތައް ކުރިއަށް މިގެންދެވުނީ. އެހެންވީމަ ޝެޑިއުލްއާއި އެއްގޮތަށް މުބާރާތް ނިންމާލެވުމަކީވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް” އަޙުމަދު ވިދާޅުވިއެވެ. ސީބީއެމްއިން މިއަހަރު ކުރިއަށް ގެންދިޔަ ބޮޑެތި މުބާރާތްތަކަށް އިޝާރާތްކުރައްވާ އަޙުމަދު ވިދާޅުވީ ރާއްޖޭގެ އެންމެ މޮޅު ހަ ޓީމު ކުޅޭ ޓީ 20 ޕްރިމިއަރ ލީގާއި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ ޕްރެޒިޑެންޓް ކަޕްގެ އިތުރުން އަންނަ އަހަރުގެ ޓީ 20 ޕްރިމިއަރ ލީގަށް ކޮލިފައިވުމަށް ކުޅުނު ޓީ 20 ޗެމްޕިއަންޝިޕަށްފަހު ސީބީއެމްއިން މިއަހަރަށް ކަނޑައަޅާފައިވާ އެންމެ ފަހު މުބާރާތްކަމަށްވާ ޓީ 10 މުބާރާތްވެސް ކާމިޔާބުކަމާއެކު ނިންމާލެވުމަކީ އެސޯސިއޭޝަނަށް ލިބިގެން ދިޔަ ބޮޑު ކާމިޔާބީއެއްކަމަށެވެ.
“ލޯކަލީ ދަންނަވަންޏާ ކަލަންޑަރުގަ ހުރި ހުރިހާ މުބާރާތެއް ވަރަށް ސަކްސެސްފުލްކޮށް މި ނިމުނީ. ދެން އިންޓަނޭޝަނަލީ ދަންނަވަންޏާ މިދިޔަ މަހުތެރޭގަ އަންޑަރ 19 އޭސީސީ ކޮލިފިކޭޝަންގަ ކުޅެފި. މުޅިން އަލަށް ކުޅުނު 16 އަހަރުންދަށުގެ ކުދިން ކޮޅެއް އޭގަ ގިނަވާނީ. ކުދިން ކޮޅެއް ތައްޔާރުކޮށްގެންގޮސްފަ ފުދޭވަރަކަށް ޕާރފޯމަންސް ރަނގަޅު” އަޙުމަދު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ސީބީއެމް)
އަޙުމަދު ވިދާޅުވީ އެ އެސޯސިއޭޝަނުން އެންމެ އިސްކަމެއްދީގެން ކުރި އެއް މަސައްކަތަކީ ޒުވާން ކުޅުންތެރިން އުފެއްދުންކަމަށެވެ. އެގޮތުން ކުރަމުންދާ މަސައްކަތުގެ ދަށުން މި ކުޅިވަރުން އައު ކުދިން ތަމްރީނުކޮށް މުސްތަޤުބަލަށް ޓީމެއް ބިނާކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުގެ 19 އަހަރުންދަށުގެ ޤައުމީ ޓީމަކީ ވަރަށް އުމުރުގެ ގޮތުން ހަގު ކުދިން ހިމެނޭ ޓީމެއްކަމަށްވާއިރު ބައިނަލްއަޤްވާމީ މައިދާނުގައި އެކުދިން ވާދަކޮށް ލިބޭ ތަޖުރިބާއިން ވަރުގަދަ ޖޫނިއާ ޓީމެއް އުފެއްދިދާނެކަމަށް ގަބޫލުކުއްވާކަމަށް އަޙުމަދު ވިދާޅުވިއެވެ.
ސީބީއެމްއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ގްރާސްރޫޓް ޕްރޮގްރާމުކަމަށްވާ “ސީޑްސް” ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކުރަމުން އަންނަކަމަށާއި އެ ޕްރޮގްރާމަށް ލިބެމުންދާ ތަރުހީބުވެސް ބޮޑުކަމަށް އޭނާ ހާމަކުރެއްވިއެވެ. ކުރިކެޓަށް ކުޅުންތެރިން އިތުރު ކުރުމުގެ މަޤްސަދުގައި ހިންގަމުންދާ “ސީޑްސް” ޕްރޮގްރާމު މާލޭގެ އިތުރުން، ފުވައްމުލަކާއި ކުނަހަންދޫގައި ފޯރިއާއެކު ހިންގަމުން އަންނައިރު ގދ. ތިނަދޫއާއި ހއ. ކެލާގައިވެސް އަލަށް މި ޕްރޮގްރާމު ފެށުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނަކަމަށް އޭނާ މައުލޫމާތުދެއްވިއެވެ. އަދި އުންމީދަކީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ކުރިއަށް އޮތްތަނުގައި މި ޕްރޮގްރާމު ފުޅާކުރުންކަމަށް އޭނާ ފާހަގަކުރައްވާފަވެއެވެ.
“ގދ. ތިނަދޫގަ އަޅުގަނޑުމެން މިމަސައްކަތް ފެށުމުގެ މަރުހަލާގަ މިއުޅެނީ. ދެން ހއ. ކެލާގަވެސް އިންޓްރޮޑިއުސްކުރަން އެބަ މަސައްކަތްކުރަން. އަޅުގަނޑުމެންގެ ޓާގެޓަކީ ދައުރު ނިމޭއިރު ފަސް ރަށެއްގަ ކުރިކެޓް ކުޅުން. ސީޑްސްގެ ބޭނުމަކީ ކުރިކެޓް ދަންނަ ކުރިކެޓް ކުޅޭ ބެޓަކާއި ބޯޅައެއް ހިފައިގެން ކުޅެން އުޅޭ 500 އެއްހާ ކުދިން އިތުރުކުރުން” އަޙުމަދު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ސީބީއެމް)
“ސީޑްސް” ޕްރޮގްރާމު ހއ. ކެލާގައި ފެށޭނެކަމަށް އުންމީދުކުރެވެނީ އަންނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް އޭގެ ކުރިން ގދ. ތިނަދޫގައި މި ހަރަކާތް ފެށުމަށް މަސައްކަތްކުރަމުން އަންނައިރު މިހާރު އެރަށުގައި ކުރަމުންދާ މަސައްކަތަކީ ކައުންސިލާއި ގުޅިގެން ކުރިކެޓް ކުޅޭނެ ބިމެއް ހޯދުމުގެ މަސައްކަތްކަމަށް އަޙުމަދު ވަނީ މައުލޫމާތުދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
