
(ފޮޓޯ ކްރެޑިޓްސް: އެމްބީއޭ)
އަންނަ އަހަރަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ އެންމެ ބޮޑު އަމާޒަކީ އަންހެން ޤައުމީ ބޮޑީބޯޑިންގ ޓީމެއް އެކުލަވައިލުން ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ރައީސް ހުސައިން ނިޒާމް ވިދާޅުވެއްޖެއެވެ. ޤައުމީ ބޮޑީބޯޑިން ލީގު 2025 ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްބީބީއޭގެ ރައީސް ވިދާޅުވީ، ގްރާސްރޫޓް ލެވެލްއިން ފެށިގެން ބޮޑީބޯޑަރުން އުފެއްދުމަށް ހިންގާ ޤައުމީ ޕްރޮގްރާމް “ހުދު ފޮނު” ކްލިނިކުތަކުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ހުނަރުވެރި ކުދިން ފާހަގަވެފައިވާ ކަމަށެވެ. އަދި އަންހެން ކުދިންވެސް މިކުޅިވަރުގެ ތެރޭގައި އުޅޭކަން އެ ޕްރޮގްރާމުން އެނގޭކަމަށް ވެސް އެމްބީބީއޭގެ ރައީސް ވިދާޅުވިއެވެ.
އެގޮތުން މިއަހަރު ށ. ކަނޑިތީމާއި، ނ. ޅޮހީގައި ހިންގި “ހުދުފޮނު” ޕްރޮގްރާމްގެ ތެރެއިން މި ކުޅިވަރުގައި ކުރިޔަށް ދެވޭނެ ކަހަލަ ކުދިން ފާހަގަ ކުރެވިފައިވާ ކަމަށް އެމްބީބީއޭގެ ރައީސް ފާހަގަ ކުރެއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްބީއޭ)
ސަރުކާރުން ޤައުމީ ޓީމުތަކުގެ ކުޅުންތެރިންގެ މުސާރަ 7000 ރުފިޔާއަށް ބޮޑުކޮށްދެއްވާފައިކަން ފާހަގަކުރައްވާ ނިޒާމް ބުނީ ޤައުމީ އަންހެން ޓީމެއް އެކުލަވައިލުމުގެ ފުރުސަތު އެ އެސޯސިއޭޝަނަށްވެސް އެބައޮތް ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިފައިގެން އަންނަ އަހަރު ގައުމީ ޓީމެއް ތައްޔާރުކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށެވެ. ނިޒާމް ބުނީ އަންނަ އަހަރު ވާނީ ވަރަށް ތަފާތު އަހަރަކަށް ކަމަށާއި، އަންނަ އަހަރަށް އެ އެސޯސިއޭޝަންގެ ވަރަށް ވަރުގަދަ ޕްލޭންތަކެއް އެބަހުރި ކަމަށެވެ. “މިއަންނަ އަހަރަށް މާ ވަރުގަދަ ޕްލޭންތައް އެބަހުރި. އިރާދަކުރެއްވިއްޔާ ވަރަށް ސަޕްރައިޒިން އިޔާއަކަށް ހެދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. އިންޝާﷲ އެކަންތައް އަޅުގަނޑުމެންނަށް ކާމިޔާބުކުރެވޭނެ” ނިޒާމް ވިދާޅުވިއެވެ.
މިއަހަރުގެ ލީގުގެ ތިން މުބާރާތްވެސް އަންހެން އެތުލީޓުންނާއި ނުލައި، ކުރިޔަށް ގެންދިޔަކަމުގައިވިޔަސް އެމްބީބީއޭން އަމާޒު ހިފައިފައިވަނީ 2026 ވަނަ އަހަރުގެ ލީގުގައި އަންހެން އެތުލީޓުންގެ ޚާއްސަ ކެޓަގަރީތައް ހިމަނައި، ގައުމީ ޓީމަށް ނެގޭ ވަރުގެ އެތުލީޓުން އުފެއްދުމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިމިގެން ދިޔަ ލީގަށް އިޝާރާތްކުރައްވާ އެމްބީބީއޭގެ ރައީސް ވިދާޅުވީ މިއަހަރުގެ ލީގު ކުރިޔަށް ގެންދެވުނީ ކުޅިވަރު ވުޒާރާގެ ފުރިހަމަ އެއްބާރުލުމާއި އެކީގައި ކަމަށާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބަހައްޓަވާ ގާތްކަމާއި، ދެއްވާ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. “ބައެއް ފަހަރު ކުރިން އެބަހުރި އަޅުގަނޑުމެންގެ ކުޅިވަރަށް އުނދަގޫ ގޮތްތަކެއްވެސް ދިމާވެފައި އެބަހުރި. އެހެންނަމަވެސް މިއަހަރު ބަރާބަރަށް އަޅުގަނޑުމެންގެ ލީގު ކުރިޔަށް މި ގެންދެވުނީ ކުޅިވަރާއި ހަށިހެޔިކަމާއި ބެހޭ ވުޒާރާގެ ފުރިހަމަ ސަޕޯޓް ލިބިގެން” ނިޒާމް ވިދާޅުވިއެވެ.
ބޮޑީބޯޑިން ކޮމިއުނިޓީން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ކުޅިވަރަށް ޝައުގުވެރިވާ ކުދިން އިތުރުކޮށް އައު އެތުލީޓުން އުފެއްދުމަށް މުހިންމު ޕްރޮގްރާމުތަކެއް ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި “ހުދު ފޮނު” ޕްރޮގްރާމް ހިންގައިގެން އިތުރު އެތުލީޓުންނަށް ޤައުމީ މުބާރާތްތަކުން ފުރުސަތު ފަހިކޮށްދިނުމަށެވެ. މިއަހަރު މުޅިން އަލަށް “ހުދުފޮނު” ގައި ބައިވެރިވި ބައެއް އެތުލީޓުން ލީގުގެ މުބާރާތްތަކުގައި ވާދަކޮށް ވަނަ ހޯދާފައިވާއިރު މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެމްބީބީއޭއިން ފާހަގަކުރެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
