
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
މިމަހުގެ 6 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 2،059،962 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %10.1 އިތުރު އަދަދެކެވެ. ފަތުރުވެރިންގެ ތެރެއިން 1.5 މިލިޔަނަށް ވުރެ ގިނަ މީހުން ނުވަތަ %73.6 ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 4 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ތިބި އިރު، ހޮޓެލްތަކުގައި 53,000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ފަސް ޤައުމަކީ ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތެވެ. މި ކޮންމެ ޤައުމަކުން ވެސް 1 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިހާރު ރާއްޖޭގައި 1313 ފަތުރުވެރިކަމުގެ ތަން ހިންގަމުންދާއިރު، އެތަންތަނުގައި 66,805 އެނދު އެބަހުއްޓެވެ.

(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ)
ހުޅުމާލެ ތަރައްޤީކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ، އަންނަ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނުހަދާ ހުރި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ، ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ޚިދުމަތްތައް އިތުރުކޮށް، އެ ސަރަހައްދު ޒީނަތްތެރިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މީގެ އިތުރުން، ހުއްޓިފައި ހުރި ބައެއް މަޝްރޫއުތައް ކޯޓު މަރުހަލާގައިވާތީ، އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޒުހައިރު ވިދާޅުވިއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް މަގުތައް ތަރައްޤީކުރުމަށް މިމަހުގެ ތެރޭގައި ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތުގެ ތެރޭގައި ފޭސް 1 ގައި ނުނިމި ހުރި 5 މަގު، އަދި ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގު ހިމެނެއެވެ. ޖުމްލަ 1.1 ކިލޯމީޓަރުގެ މަގުތައް ތާރު އަޅައިގެން ތަރައްޤީކުރެވޭނެއެވެ. މީގެ އިތުރުން، މީގެ ކުރިން ހަދާފައިވާ މަގުތަކުގެ ތެރެއިން ހަލާކުވެފައިވާ ފިތުރޯނު މަގު ފަދަ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ހިމެނެއެވެ. މި މަޝްރޫޢުގެ މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
