
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ އެކުލެވުން ބަދަލުކުރުމުން، ޝަރުޢީ ދާއިރާ ހަޤީޤީ މާނައިގައި މިނިވަންކަމާއެކު މަސައްކަތް ކުރާތަން ފެނިގެންދާނެ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ޝަރުޢީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވަމުންނެވެ. އެމަނިކުފާނު ވަނީ އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ނުފޯރުއްވާކަމަށާއި، ބަދަލުހިފުމުގެ ރޫޙުގައި ސިޔާސީ އޮއިވަރުގެ ތެރެއިން އަނިޔާވެރި ޢަމަލުތަކަށް ޖާގަ ނުދެއްވާނެ ކަމަށް ތަކުރާރުކުރައްވާފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފިޔަވަޅު އަޅަމުންދާތަން ފެނުމަކީ ޝަރުޢީ ދާއިރާގެ މިނިވަންކަން ސާބިތުކޮށްދޭ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ. ޖުޑީޝަރީ މިނިވަންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވަކި ތަރުތީބެއްގެ ތެރެއިން ކުރިއަށް ގެންދަވާނެ ކަމަށާއި، އެގޮތުން ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް ބަދަލު ގެނައުމަށް ޤާނޫނީ އިސްލާޙު ހުށަހަޅުއްވާނެކަމަށް އެމަނިކުފާނު ވަނީ ޔަގީންކަން ދެއްވާފައެވެ. މީގެ އިތުރުން ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި މުވައްޒަފުންގެ މުސާރަ އިތުރުކުރުމާއި، އަންނަ އަހަރުގެ ބަޖެޓުގައި މިދާއިރާއަށް ޚާއްސަ ބަޖެޓެއް ހިމަނާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
ހަރުދަނާ ސިޔާސަތުތަކެއްގެ ތެރެއިން ދަރަނިތައް ދެއްކުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދަރަނިތައް ދެއްކުމަށެވެ. އެގޮތުން، ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް...
ހަމަލާ ދިނީ ސަރުކާރުންނޭ މޭޔަރު ވިދާޅުވި ވާހަކައަކީ ވަރަށް ދަށުދަރަޖައިގެ އިތުރުފުޅެއް: މުންދު
މާލޭގެ މޭޔަރު އާދަމް އާޒިމަށް މުޒާހަރާއެއްގެ ތެރެއިން ބަޔަކު ހަމަލާދިނީ ސަރުކާރުން ރާވައިގެން ކަމަށް އޭނާ ކުރެއްވި ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު...
މީހަކު އާޒިމް ކޮށްޕާލުން: ތަހުގީގަކާ ނުލައި އާޒިމް ނިންމީ އެއީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް!
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި މުޒާހަރާއެއްގެ ތެރެއިން މީހަކު އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެން ކުރި ކަމެއް ކަމަށް އާޒިމް...
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވި
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖެއިން ބޭރަށް 1.04 ބިލިޔަން ޑޮލަރު ފޮނުވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ. މި މުއްދަތުގައި ރާއްޖެއަށް...
ބަންކަރިން ޚިދުމަތާއެކު އެސްޓީއޯގެ ވިޔަފާރިއަށްވެސް ކުރިއެރުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުން ދައްކާގޮތުގައި، އެކުންފުނީގެ އާމްދަނީއަށް ލިބުނު ބޮޑު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ތެލުގެ...
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން...
