
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މާލެ ސަރަހައްދުގައި ޕާކިން ބިލްޑިންގތަކެއް ތަރައްޤީކުރުމަށް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގައި ހިމެނިފައިވާ ކަމަށާއި، މިހާރު އެކަމުގެ ލިޔެކިޔުންތައް އިންޑިއާ ސަރުކާރަށް ފޮނުވާފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން މާލޭގައި ދެ ޕާކިން ބިލްޑިންގ، ވިލިމާލޭގައި ބްރިޖުން ފައިބާ ހިސާބުގައި އެއް ޕާކިން ބިލްޑިންގ އަދި ހުޅުމާލޭގައި ފަސޭހަ ސަރަޙައްދެއްގައި އަނެއް ޕާކިން ބިލްޑިންގ ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ވިދާޅުވި ގޮތުގައި، މަގުމަތީ ޕާކިންގ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ސީދާ މަސައްކަތް ކުރަމުންދާއިރު، ޓްރެފިކް ޕޮލިސް މެދުވެރިކޮށްވެސް މަސައްކަތްތައް ކުރެވެމުންދެއެވެ. ޓްރެފިކް ޖޫރިމަނާ ބަހާލައިގެން ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައިވާއިރު، މިހާރު 1000 އަށްވުރެ ގިނަ މީހުން ވަނީ މި އުޞޫލުގެ ދަށުން އެގްރީމަންޓް ހަދާފައެވެ.
މާލޭގެ ޓްރެފިކް މައްސަލައަށް ހައްލެއް ގެނައުމަށް، މާލޭގެ މަގުތައް ރަނގަޅު ފެންވަރަށް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފައިސާ ހަމަޖެހިފައިވާ ކަމަށާއި، މިހާރު ޑިޒައިންގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތް ފެށުމުގެ ކުރިން ކުރެވެން ހުރި މަސައްކަތްތައް މިހާރުވެސް ފަށާފައިވާއިރު، މާލޭ ބާޒާރު މަތީގެ މަގުތައް ރޯދަ މަސް ނިމުމުގެ ކުރިން ތަރައްޤީކޮށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
