
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މަޖިލީހުގެ ކުރިއަށްއޮތް ދައުރުގައި ޕެންޝަނާ ބެހޭ ޤާނޫނަށް އިސްލާޙު ހުށަހަޅުއްވާނެ ކަމަށެވެ. މި އިސްލާޙުގެ ސަބަބުން ޚާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ނެގުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތެއްގައި، ޕެންޝަން ފަންޑު ބޭނުންކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭ ކަންބޮޑުވުންތަކެއް ހިއްސާކުރުމުންނެވެ.
ޕެންޝަން ފަންޑުގެ ބޭނުން ހިފޭނެ ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. 2008 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި އޮތް މަލްޓިޕިލަރ ޕެންޝަން ނިޒާމުގެ ދަށުން، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ފައިސާ ދޫކުރަނީ އުމުރުން 65 އަހަރު ފުރުމުން ކަމަށްވުމަކީ ބައެއް ފަރާތްތަކުން ކަންބޮޑުވާ ކަމެކެވެ. މީގެ އިތުރުން، މިހާރުގެ ޕެންޝަން ނިޒާމަކީ ދައުލަތުގެ ބަޖެޓަށް ބުރައެއް ކަމަށްވާއިރު، އެކި ސަރުކާރުން މިކަމަށް ހައްލު ހޯދަން މަސައްކަތްކޮށްފައިވީ ނަމަވެސް، އެކަށީގެންވާ ހައްލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް، ޕެންޝަން ނިޒާމުގައި ހުރި ގިނަ މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
