
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ކުރީ ސަރުކާރުން ހިޔާ ފްލެޓު ނުލިބޭނެކަމަށް ނިންމި ފަރާތްތަކަށް، މި ސަރުކާރުން ހިންގާ ފުރަތަމަ ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ފްލެޓު ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެފަރާތްތަކަށް ވަކި ކެޓަގަރީއެއް ކަނޑައަޅާފައިވާއިރު، ބީއެމްއެލް ފައިނޭންސް އަދި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިމެނޭ 7500 ފްލެޓުގެ މަޝްރޫޢުތަކުން ފްލެޓު ލިބޭނެއެވެ. އެފަރާތްތަކުން ހުށަހަޅަން ޖެހޭނީ ހަމައެކަނި އެޕްލިކޭޝަނެއް ކަމަށާއި އިތުރު ލިޔުމެއް ބޭނުންނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއްފަހަރާ އެންމެނަށް އެއް ޕްރޮޖެކްޓަކުން ފްލެޓު ނުލިބުނު ނަމަވެސް، ކެޓަގަރީތަކުގެ ދަށުން ފްލެޓު ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމި، އަންނަ ޖެނުއަރީ މަހު އެ ބިމުން ގޯތި ދޫކުރުމާއި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށޭނެއެވެ. މި ސަރުކާރުން އެއްވެސް ފަރާތެއްގެ ގޯއްޗެއް އަތުނުލާނެކަމުގެ ޔަގީންކަން ދެއްވިއިރު، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެއްވެސް ފުރުސަތެއް ކެންސަލް ނުކުރާނެ ކަމަށް ވިދާޅުވިއެވެ. ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކާ ނިމުމުން، 2 ޑްރެޖަރ ބޭނުންކޮށްގެން 3 މަސް ދުވަހުގެ ތެރޭގައި ގިރާވަރު ފަޅު ހިއްކާ ނިންމާލެވޭނެ ކަމަށާއި، ބިން ހިއްކާ ނިމުމާއެކު އެތަނުން ގޯތި ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހިއްކާ ބިންތަކުގައި ޔުޓިލިޓީގެ ޚިދުމަތްތައް ދިނުމަށް ބަޖެޓުގައި ހިމަނާފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
