
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
އެފްއޭއެމް ވިމެންސް ލީގު 2025 ގައި، ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ބިސް ބުރު ސްޕޯޓްސް ކުލަބު ބޮޑު ތަފާތަކުން ބަލިކޮށްފިއެވެ. މި މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ. މުޅި މެޗު ނިއު ރޭޑިއަންޓުން ޑޮމިނޭޓުކުރިއިރު، ބިސް ބުރަށް އެއްވެސް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ނިއު ރޭޑިއަންޓުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މަރިޔަމް ނޫރާ، މައީޝާ އަބްދުލް ހަންނާން (ދެ ލަނޑު)، ފާތިމަތު ފައިހާ އަލީ ހަސަން (ދެ ލަނޑު) އަދި ކެޕްޓަން ފަދުވާ ޒާހިރެވެ. ދެވަނަ ހާފުގައި ނިއު ރޭޑިއަންޓަށް ލިބުނު ޕެނަލްޓީއެއް ބިސް ބުރުގެ ގޯލްކީޕަރު ހައްވާ ޝުފައިހާ ވަނީ ދިފާއުކޮށްފައެވެ.
މި މޮޅާއެކު ނިއު ރޭޑިއަންޓް ވަނީ ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އެ ޓީމު އޮޑި ސްޕޯޓްސް ކުލަބާއި، ވިކްޓަރީ ސްޕޯޓްސް ކުލަބު އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެކު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އެއްވަރެވެ. ބިސް ބުރު ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ލީގުގެ ދެން އޮންނަ މެޗުގައި އަންނަ ބުދަ ދުވަހު ބައްދަލުކުރާނީ ބިސް ބުރާއި އޮޑި ސްޕޯޓްސްއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
