
(ފޮޓޯ ކްރެޑިޓްސް: ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް)
ފަތުރުވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު އެއް ސިނާޢަތެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި މި ސިނާޢަތުގެ ފައިދާ އެންމެންނަށް ޝާމިލްވާ ގޮތަށް ލިބޭނެކަން ކަށަވަރު ކުރެއްވުމަށް ސަރުކާރުން ދަނީ، މަސައްކަތް ކުރައްވަމުންނެވެ. މިކަން ފަހިކުރެއްވުމަށްޓަކައި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަސްދީޤުކުރައްވާފައެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދައުލަތުގެ ކުންފުންޏަކަށް ޓޫރިސްޓް ރިޒޯޓް ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމާއި، ޓޫރިޒަމް ޓްރޭނިންގ ރިޒޯޓު ހެދުމަށް ތަންތަން ކުއްޔަށް ދޫކުރުމާއި، އެފަދަ ބޭނުންތަކަށް ތަންތަން ކުއްޔަށް ދިނުމާއި، އެ ތަންތަން ހިންގުމުގެ އުސޫލުތައް ކަނޑައަޅައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ބަޔާން ކުރުމެވެ.
މީގެ އިތުރުން ރިޒޯޓު ހެދުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީ ކުރުމަށް ދޭ މުއްދަތު އިތުރު ކުރުމާއި، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ރަށްރަށުގެ ފަޅު ސަރަޙައްދު ކަނޑައެޅުމާއި، ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކުރުމާއި، އެ ލައިސަންސްގެ ދަށުން ޚިދުމަތް ދިނުމުގެ އުސޫލުތައް ޤާނޫނުގައި ބަޔާންކުރުން ހިމެނެއެވެ. ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން އެންމެ ބޮޑު ފައިދާއެއް ލިބޭނެ އެއް ބަޔަކަށް ކައުންސިލްތައް ވެގެންދާނެއެވެ. އަލަށް ގެނައި އިސްލާޙުގައި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގު ވަނީ ފަހިވެގެންގޮސްފައެވެ. މިހާރު އޮތްގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅައި ކުއްޔަށް ދޫކުރާ ތަންތަނާއި، ސަރަޙައްދުތަކުގެ ކުލީގެ ގޮތުގައި ސަރުކާރަށް ލިބޭ ފައިސާ އެތަނެއް ނުވަތަ އެ ސަރަޙައްދެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލަށް ދޫކުރެވޭނެއެވެ. މި އިސްލާޙުގެ ސަބަބުން ފަތުރުވެރިކަމުގެ ސީދާ މަންފާ ކައުންސިލުތަކަށް ލިބިގެންދާނެއެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއައިޓީޑީސީ)
ޤާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވަނީ، ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައަޅައި ކުއްޔަށް ދޫކުރާ ތަންތަނާއި، ސަރަޙައްދުތަކުގެ ކުލީގެ ގޮތުގައި ކުއްޔަށް ހިފާ ފަރާތްތަކުން ސަރުކާރަށް ދައްކާ ފައިސާ އެތަނެއް ނުވަތަ ސަރަޙައްދެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ހިމަނައި އެފައިސާ އެކައުންސިލްތަކަށް ދޫކުރަންވާނެ ކަމަށެވެ. މިއީ، ކައުންސިލްތައް ބާރުވެރިވެ ފުދުންތެރިވުމަށް ކޮށިގެންދާނެ މަގަކަށްވާނެއެވެ. މި ޤާނޫނުގައި އަނެއް މުހިންމު ކަމެއްގެ ގޮތުގައި އޮތީ، ދިވެހިރާއްޖޭގައި ޓޫރިޒަމް ޓްރޭނިންގ ރިސޯޓް ތަރައްޤީކޮށް ހިންގުމަށް މަގުފަހިކޮށްދިނުމެވެ. މިއީ، މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރާ ކޮންސެޕްޓެކެވެ. ޓޫރިޒަމް ޓްރޭނިންގ ރިސޯޓަކީ، ޓޫރިޒަމް ދާއިރާގައި ޚިދުމަތް ކުރާ ފަރާތްތައް ތަމްރީނު ކުރާ މަރުކަޒެއްގެ އިތުރުން އެ މަރުކަޒުގައި ތަމްރީނުވާ ފަރާތްތަކަށް ޢަމަލީ ތަޖުރިބާ ހޯދޭނެ ގޮތަށް އެ ރިސޯޓަށް އަންނަ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޚާއްޞަކޮށްފައިވާ ރިސޯޓެކެވެ.
ޓްރެއިނިންގ ރިސޯޓަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުން ގެނެސްދޭނެ ކަމަކަށް ވެގެންދާނެއެވެ. ސަބަބަކީ، ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެ ކުރިއަރައިގެން އައި ބާރުމިނުގައި މި ދާއިރާގައި މީހުން ތަމްރީންވެފައި ނެތުމެވެ. އެހެންކަމުން “ޓޫރިޒަމް ޓްރޭނިންގ ރިސޯޓް”ގެ ސަބަބުން މި ދާއިރާއަށް ތަމްރީންވެފައި ތިބި ޒުވާނުން ބިނާކުރުމަށް މަގުފަހިވާނެއެވެ. މި ބިލުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްޤީކޮށް ނިންމުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމުގެ ޝަރުތުތަކާއި، އިޖުރާތު ބަޔާންކޮށް ރަށެއް ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު، އިތުރު 6 މަސް ދުވަހަށް އިތުރުކުރެވޭނެ ކަމަށްވެސް ވަނީ ހިމަނާފައެވެ. ހަމަމިއާއިއެކު ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ހިންގަމުންދާ ރަށެއް ނުވަތަ ބިމެއް ރީ-ޑިވެލޮޕް ކުރުމަށްޓަކައި ބަންދުކުރާ މުއްދަތުގައި ދައްކަންޖެހޭ ކުއްޔާއި، ބަންދު ކުރުމާއި ހަމައަށް ދައްކަން ޖެހިފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ، ޤަވާއިދުގައި ކަނޑައަޅާ ގޮތެއްގެ މަތިން، ފަސްކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ކަނޑައެޅުންވެސް މި ބިލަށް ގެނައި އިޞްލާޙުގައި ހިމެނެއެވެ.
ހުއްދަ ހޯދައިގެން ފޯރުކޮށްދޭންޖެހޭ ޓޫރިސްޓް ޚިދުމަތެއް، އެ ލައިސަންސް ހޯދުމަކާ ނުލައި ފޯރުކޮށްދީފިނަމަ، އެ ފަރާތެއް ފޯރުކޮށްދިން ޚިދުމަތުގެ ބާވަތަށާއި، ޚިދުމަތް ފޯރުކޮށްދިން މުއްދަތަށް ބިނާކޮށް އެ ފަރާތެއް 1،000،000 (އެއްމިލިއަން) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް މި ބިލަށް ގެނައި އިޞްލާޙުގައިވެއެވެ.
About Post Author
މާދަމާ ނިއުސް
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
